މިފްކޯއިން ވަނީ މަސްވެރިން ގެންނަ ހުރިހާ މަހެއް ވީހާ އަވަހަކަށް ކިރުވޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ. މިގޮތުން އިތުރު ކެރިއާތައް ދަނީ ގެންނަމުންނެވެ.
މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާއިރު، މަސްވެރިން ބާނާ މަސް އެއްކޮށ ކިރުވަން އެ ކުންފުނިން ކުރާ މަސައްކަތް މިހާރު ހުރީ ހަވަނަ ގިޔަރުގަ އެވެ؛ މީގެ ނަތީޖާއަކީ މިފްކޯގެ ކެޕޭސިޓީއަކީ 420 ޓަނުކަމުގައި ވިޔަސް ބަދަލުތައް ގެނެސް 546 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވުމެވެ.
މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސަައީދު ވިދާޅުވި ގޮތުގައި އިއްޔެ އަކީ އެ ކުންފުންޏަށް އެންމެ ގިނައިން މަސް ކިރުވި އެއް ދުވަހަށްވާނެ އެވެ.
"[2023] ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ބަލާއިރު އިއްޔެ މިފްކޯއަށް 546 ޓަނުގެ މަސް ކިރި ދުވަހެއް،" އިބްރާހިމް ވިދާޅުވި އެވެ.
މިފްކޯ އިން މަސް ގަންނަ ކެޕޭސިޓީ 500 ޓަނަށް ޖައްސާފައިވަނީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ.
އިބްރާހިމް ވިދާޅުވި ގޮތުގައި މިއީ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާއިރު އެ ކުންފުނިން ނަގާ ޗެލެންޖެއް ކަމަށާ މަސްވެރިންގެ އިންތިޒާމުތައް ލުއި ކުރަން އެ ކުންފުނިން މަސައްކަތް ކުރާނެ އެވެ."މި ފުރުސަތުގައި މުވައްޒަފުން ރެއާއި ދުވާލު ކުރާ ބުރަ މަސައްކަތަަށް މުވައްޒަފުންނަށް ޝުކުރު އަދާކުރަން. މިއީ މަސް ކިރުވާ ދޯނިތައް ލިމިޓް ނުކޮށް ކުރިއަށް ގެންދެވޭ ދުވަސްތަކެއް،" އިބްރާހިމް ވިދާޅުވި އެވެ.
މިފްކޯއިން ދަނީ ސަރުކާރުން ހެދި އިންތިޒާމެއްގެ ދަށުން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންނެވެ. މި ބަދަލާއެކު މަހަށް ނުކުންނަ އޮޑިފަހަރުގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.
މި ދުވަސް ވަރަކީ ކޮންމެ އަހަރުވެސް މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ދުވަސް ވަރެކެވެ. ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުން ފެށިގެން މަސްވެރިކަން ރަނގަޅުވެ އެވެ. މިފަހުން އެންމެ ބޮޑަށް މަސްވެރިކަން ރަނގަޅުވީ 2022 ވަނަ އަހަރު އެވެ. އެފަހަރު އެއް ދުވަހެއްގެ މައްޗަށް 770 ޓަނުގެ ބޭނި އެވެ. އެވެރެޖުކޮށް ދޯންޏަކަށް 12 ޓަނުގެ މަސް ބާނަމުންދާއިރު ބޮޑެތި ދޯނިފަހަރުމް 25 ޓަނާއި 60 ޓަނުގެ މަސް ބޭނި އެވެ. ނަތީޖާއަކަށްވީ މިފްކޯއިން އެފަހަރުވެސް މަސް ކިރުވުން ލިމިޓް ކުރަން މަޖުބޫރުވުމެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މިފްކޯއިން މަސް ކިރުން ހަވަނަ ގިޔަރަށް | ބުދަ ދުވަހު 546 ޓަނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ