ގަވިންގެ ރަމަޟާން ޕްރޮމޯޝަންގެ ނަސީބުވެރިޔާ އަންނަ ހަފުތާގައި އިއުލާނުކުރަނީ

ގަވިން ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ރަމަޟާން މަހުގެ ޚާއްޞަ ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތް އަންނަ ހަފުތާގައި އިއުލާނުކުރުމަށް ނިންމައިފިއެވެ. މި ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް ހއ. ހޯރަފުށީގައި ހުންނަ އަރާއިކް ބީޗް ވިލެޖުގައި ފަސް މީހަކަށް ފަސް ރޭގެ ހިލޭ ހުރުން ލިބިގެންދާނެއެވެ. މި އަގުހުރި އިނާމުގެ ތެރޭގައި ނަސީބުވެރި ފަރާތާއި އިތުރު ހަތަރު މީހަކަށް މާލެއިން ހޯރަފުއްޓަށް ދިއުމާއި އައުމުގެ ޑޮމެސްޓިކް ދެކޮޅު ޓިކެޓު ވެސް ހިމެނެއެވެ. ހޯރަފުށީގައި ހުންނަ އަރާއިކް ބީޗް ވިލެޖަކީ ހިތްގައިމު މާހައުލެއްގައި ގާއިމުކޮށްފައިވާ އަމިއްލަ ގޮނޑުދޮށަކާއި ރެސްޓޯރެންޓް ފަދަ ގިނަ ވަސީލަތްތަކެއް އެކުލެވޭ ތަނެކެވެ. ގަވިންއިން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު އީދު ދުވަހުގެ ނިޔަލަށެވެ. އަދި ނަސީބުވެރި ފަރާތް ގުރުއަތުން ހޮވުން ކުރިއަށްދާނީ ގަވިންގެ ރަސްމީ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް ލައިވްކޮށެވެ. ގަވިންއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރު އުފައްދައި ވިއްކުމުގެ އިތުރުން އިންޓީރިއާ ޑިޒައިންގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ކަސްޓަމަރުން ބޭނުންވާ ޑިޒައިންތަކަށް ލަކުޑީގެ އެކި ބާވަތްތައް ބޭނުންކޮށްގެން ގޭތެރެއާއި އޮފީސްތަކަށް ބޭނުންވާ ފަރުނީޗަރު އެ ކުންފުނިން ފޯރުކޮށްދެއެވެ. މީގެ އިތުރުން ބަދިގޭގެ ސާމާނާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ގިނަ އުފެއްދުންތަކެއް ވެސް އެ ކުންފުނިން ވިއްކައެވެ. ގަވިންގެ ޝޯރޫމްތައް މާލެއާއި ހުޅުމާލޭގައި ވެސް ހުރެއެވެ. އެ ކުންފުނީގެ އުފެއްދުންތަކާއި ޚިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް: ޕްރޮޖެކްޓްތަކަށް: 9348899 ގަވިން ޑެކޯ، މާލެ: މަޖީދީމަގު، 9588833 ބާޒާރު ގަވިން، މާލެ: މ. އަރީކާ، ބޮޑުތަކުރުފާނުމަގު، 9428899 ގަވިން ހުޅުމާލެ، ހުޅުމާލެ: ރީތިގަސްމަގު، 9588899
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ