ހުޅުމާލެއިން ޕާކިން ސްލޮޓު ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އިއުލާނުކޮށްގެން، ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު ބާއްވާ ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބަށް ސަރުކާރުން ކުރަމުން އަންނަ ކެމްޕެއިންނަށް ފައިސާ ހޯދުމަށް "ކަޓު ނަގައިގެން" އެޗްޑީސީން ހުޅުމާލެއިން 600އަށް ވުރެ ގިނަ ޕާކިން ސްލޮޓް ވިއްކި ކަމުގެ ތުހުމަތު އެ ކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް އެޗްޑީސީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ތަފްސީލް - އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެ ކުންފުނިން މަސައްކަތްް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، އެ ކުންފުނިން ބުނީ:
ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޕޮކެޓް ޕާކިން ދޫކުރުމަށް އެޗްޑީސީން އިއުލާނު ކުރި
އެ ފުރުސަތުގައި ގިނަ ބަޔަކު އެކަމަށް ކުރިމަތިލި
އުސޫލުގެ ތެރެއިން އެ މީހުން އިވެލުއޭޓުކޮށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ވާނީ އާންމުކޮށްފައި
"މިގޮތަށް އާންމުކޮށް އިއުލާނުކޮށް، ހާމަކަން ބޮޑު ގޮތެއްގައި ޕާކިން ސްލޮޓުތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް މިކަމާ ގުޅޭ ގޮތުން އާންމުންނަށް އޮޅުުން އަރާ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުން ގެންދިޔުމަކީ މި ކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ،" އެޗްޑީސީން ބުންޏެވެ.
އެ ކުންފުނީގެ އިތުބާރު ގެއްލޭ ގޮތަށް މައުލޫމާތު ޝާއިއުކޮށްފައިވާތީ އެކަން ކުށްވެރިކޮށް އެޗްޑީސީން ބުނީ ހަގީގަތާ ހިލާފު މައުލޫމާތު އާންމުކުރާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ.
'ކަޓު ނަގައިގެން' ޕާކިން ވިއްކާ ވާހަކަ އެޗްޑީސީން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ