'މައްކާ ރޫޓް' ޓީމުގެ ޚިދުމަތުގެ އަގުވަޒަންކޮށްފި

ދިވެހި ޙައްޖުވެރިންނަަށް މި އަހަރު އަލަށް ދިން "މައްކާ ރޫޓު އިނީޝިއޭޓިވް" ގެ ޚިދުމަތް ދޭން ރާއްޖެ ވަޑައިގެންނެވި ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުންގެ އަގުވަޒަންކޮށްފި އެވެ.
އެކަށްޓަކައި ރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަޢުދީގެ އޮފިޝަލުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދެއްވައިފަ އެވެ.
ހަނދާނީ ލިޔުން ދެއްވެވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.
"މައްކާ ރޫޓު އިނީޝިއޭޓިވް" ގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ވަރަށް ބޮޑު ލުއެއް މި ފަހަރު ލިބިގެން ދިޔަކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ އެ ހިދުމަތް ފަހިކޮށް ދެއްވީތީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރާއްޖެ އަށް މި އަހަރު ވެސް 1،000 ހައްޖު ކޯޓާ ލިބުނު އިރު، ހައްޖުވެރިން ފުރާފައި ވަނީ ހަތަރު ދުވަސް މަތިންނެވެ. އެއީ މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުރާސްފަތީގެ އިތުރުން ހުއްދަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ