ލަސްޠީނުގެ ޣައްޒާގައި އެމެރިކާގެ ބެލުމުގެ ދަށުން އެހީ ބަހާ ތަނެއްގެ ކައިރީގައި އިޒްރޭލުން ބަޑިން ހަމަލާ ދިނުމުގެ ސަބަބުން 31 މީހުން ޝަހީދުވެފައިވާ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުނެފިއެވެ.
ފަލަސްޠީނިއަން ރެޑް ކްރެސެންޓުން ބުނީ އެހީ ބަހާ މަރުކަޒެއް ކައިރިން އެ ޖަމްޢިއްޔާގެ ޑޮކްޓަރުންގެ ޓީމުތަކަށް ފަލަސްޠީނުގެ 23 ރައްޔިތެެއްގެ ހަށިތައް ފެނިފައިވާ ކަމަށެވެ. އަދި ޒަޚަމުވެފައިވާ 23 މީހެއް ވެސް ފެނިފައިވާ ކަމަށާއި އެ މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ.
ނަމަވެސް ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ބުނީ އެހީ ބެހުމުގެ ކަންކަން ދިޔައީ ރަގަޅަށް ކަމަށާއި މިފަދަ އެއްވެސް ހާދިސާއެއް ނުހިނގާ ކަމަށެވެ.
ޙަމަލާތަކުގައި ޒަޚަމުވާ މީހުންނަށް އަަވަސް ފަރުވާ ދިނުމުގައި ޙަރަކާތްތެރިވާ ޕެރަމެޑިކެއް ކަމަށްވާ އަބޫ ޠާރިޤު ބުނީ އެހީގެ ސާމާނު ބަހާ މަރުކަޒު ކައިރިއަށް ދިން ޙަމަލާގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދުވެ އެތައް ބަޔަކަށް ޒަޚަމުވެފައިވާ ކަމަށެވެ.
ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ “31 މީހެއްގެ ފުރާނަ ގެއްލި، 176 އަށް ވުރެ ގިނަ މީހުން ޒަހަމްވި” ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފްހުގައި ހުންނަ އެމެރިކާގެ އެހީގެ މަރުކަޒު ކައިރީގައި އާންމުންގެ އެތައް ހާސް ބަޔަކަށް އަމާޒުކޮށް އިޒްރޭލުން ބަޑިޖެހުމުންނެވެ.
ޣައްޒާގެ ރައްޔިތުން ބުނީ އެހީ ބަހާ މަރުކަޒު ކައިރިން ޔަހޫދީ ސިފައިން ޢާންމުންނަށް ޙަމަލާ ދިނީ އެ ސަރަޙައްދުގައި އޮތް ކެރޭނެއްގެ މަތީގައި ތިބެ ކަމަށެވެ. ރަފަޙުގެ އެހީ ބަހާ މަރުކަޒަކަށް ދިޔުމަށް އެ ސަރަޙައްދަށް އެތައް ހާސް ބަޔަކު މިސްރާބު ޖަހަމުން ދަނިކޮށް އެ މީހުންނަށް ޓޭންކަރަކުން ޙާމަލާ ދީފައިވާ ކަމަށް ވެސް އެ މީހުން ވަނީ ބުނެފައެވެ.
ޖީއެޗްއެފުން މިދިޔަ ހަފުތާގައި ހިދުމަތް ދޭން ފެށި ފަހުން އެތައް މިލިއަން ކެއުމެއް ފޯރުކޮށްދީފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ. ނަމަވެސް ލިބެން ހުރި މަދު ޑިސްޓްރިބިއުޝަން ސެންޓަރުތަކުގައި ހަލަބޮލިކަން އުފެދި އިޒްރޭލުން ބަޑި ޖެހުމުން އެތައް ބަޔަކު މަރުވެފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ.
ޓެގް އަޅުވައި ދޫކޮށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބައެއް ސިފައިންގެ މައި މަރުކަޒުގެ ފާޚާނާގެ ތެރޭގައި ސިފައިންގެ މީހަކު މަރުވެފައި އޮތްވާ ފެނުނު މައްސަލައެއް ބަލަނީ! މުޅި މާލެ ޞަރަޙައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސްކޮށް ބެލުމަށް ރައީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ