ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 'ބޭންކް ފަންޑް'އަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުރިވަރު އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ފަސް ޕްރޮޖެކްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 200،000ރ.ގެ ހިލޭ އެހީ ދޭނެ އެވެ.
ތަފްސީލް - ބީއެމްއެލް އިން ބުނީ:
މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް [email protected]އަށް ހުށަހެޅޭނެ
އަންނަ މަހު 29ގެ ހަވީރު 4އަށް ފޯމު ބަލައިގަންނަނާނެ
މިފަންޑަށް އެދި ހުށަހެޅޭނީ ގައުމީ އެސޯސިއޭޝަންތައް ފިޔަވައި ރަޖިސްޓްރީވެފައިވާ ކްލަބުތަކާއި ޖަމިއްޔާތަކަށް އެކަނި
ފާހަގަކޮށްލެވޭ - މިފަންޑުގެ އިތުރުން ބީއެމްއެލް އިން ވަނީ 2019 އިން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ހިންގި ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިޔަ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ބީއެމްއެލް ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ