ގުރުއާން ހިތުދަސްކޮށް، ހާފިޒު ކަމުގެ ސަނަދު ހާސިލް ކުރާ ކ. ހުރާގެ ކޮންމެ މީހަކަށް ވެސް 150،000ރ. ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ވީ ކިހިނެއް؟- ހުރާ ކައުންސިލުން މިހާރު ވަނީ، ހާފިޒުން ތަމްރީނު ކުރާ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފަ އެވެ. އެ ކައުންސިލުން ބުނީ:
މި ޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ މީހަކަށް ވެސް 150،000ރ.ގެ ފައިސާގެ އިނާމު ދޭނެ ކަމަށް
އަދި އަމިއްލަ ގޮތުން ހިތުދަސްކުރާ އެ ރަށުގެ ކޮންމެ މީހަކަށް ވެސް އެ އިނާމު ލިބޭނެ ކަމަށް
މިއީ މިހާތަނަށް، ހާފިިޒުންނަށް ފައިސާގެ މިހާބޮޑު އަދަދެއް ހުށަހެޅި ފުރަތަމަ ފަހަރު
މިގޮތަށް ނިންމާފައިވަނީ ހުރާ ކައުންސިލްގެ އާއްމު ބައްދަލުވުމެއްގަ އެވެ.
ގުރުއާން ހިތުދަސްކުރުމަށް ބާރު އެޅުމުގެ ގޮތުން ވަރަށް ފަހުން ވަނީ، ހދ. ނޮޅިވަރަމާއި އއ. ތޮއްޑު އާއި ބ. އޭދަފުށީގައި ވެސް މި ފަދަ އިނާމު ހުށަހަޅާފަ އެވެ. އެކަމަކު އެއިން ކޮންމެ ރަށަކުން ވެސް ހުށަހަޅާފައިވަނީ 50،000ރ. އިނާމެކެވެ.
ހުރާގެ ކޮންމެ ހާފިޒަކަށް ދޮޅު ލައްކަ ރުފިޔާ ދޭން އެ ރަށު ކައުންސިލުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ