އާއްމުވެފައިވާ ބައެއް ކަރަންޓް ބިލްތަކުން އެނގޭ ގޮތުގައި ބައެއް ބިލްތަކުން 700ރ. ގެ ޑިސްކައުންޓެއް ދީފައިވެ އެވެ.
ރޯދަ މަހުގެ ކަރަންޓު ބިލްތަކަށް ޑިސްކައުންޓް ދިން ގޮތަށް މިދިޔަ މަހުގެ ކަރަންޓު ބިލްތަކަށް ވެސް ޑިސްކައުންޓް ދީފައިވާކަން ހާމަވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާއްމު ބައެއް ފަރާތްތަކުން ދަނީ ކަރަންޓު ބިލްތަކަށް އައިސްފައިވާ ބަދަލުތަކާމެދު ސްޓެލްކޯއާ ސުވާލު ކުރަމުންނެވެ. ނަމަވެސް ސްޓެލްކޯއިން ވެސް އަދި ސަރުކާރުން ވެސް މި ކަމާ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އާއްމުވެފައިވާ ބައެއް ބިލްތަކުން އެނގޭ ގޮތުގައި ކަރަންޓު ބިލްތަކަށް މިދިޔަ މަހު ވަނީ ޑިސްކައުންޓް ދީފަ އެވެ.
އާއްމުވެފައިވާ ބައެއް ބިލްތަކަށް ބަލާއިރު 700ރ. ވަރުގެ ޑިސްކައުންޓެއް ދީފައި ހުރި ބިލްތައް ވެސް އެބަހުއްޓެވެ.
ރޯދަ މަހު އާއްމުން ކަރަންޓު ބޭނުން ކުރުން އިތުރުވަމުން ދިއުމާއެކު ރައްޔިތުންނަށް ލުއިކޮށް ދިނުމުގެ ގޮތުން ކަރަންޓު ބިލްތަކުން ޑިސްކައުންޓް ދެ އެވެ. މިގޮތުން އެންމެ ކުޑަކޮށް ޑިސްކައުޓް ލިބޭ ބިލްތަކުންވެސް އެވްރެޖުކޮށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މިދިޔަ މަހު ވެސް ކަރަންޓު ބިލްތަކަށް ޑިސްކައުންޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ