ބީއެމްއެލް ކާޑު ޕްރޮމޯޝަނުން ހަސަން ނާސިހަށް ލައްކައެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ މަހު ބޭއްވި ޝޮޕް ޕޭ އެންޑް ވިން ޕްރޮމޯޝަނުގެ ބޮޑު އިނާމު ލިބޭ ނަސީބުވެރިޔާ ހޮވައި އެވެ.
ތަފްސީލް - މި ޕްރޮމޯޝަނުގެ ބޮޑު އިނާމަކީ 100،000ރ. އެވެ. އެ އިނާމު ލިބިފައި ވަނީ ހަސަން ނާސިހު އަބްދުﷲ، ހދ. ނޮޅިވަރަންފަރަށެވެ.
ބޮޑު އިނާމުގެ އިތުރުން މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ދުވަހަކު ވެސް ފަސް ނަސީބުވެރިޔަކަށް 1،000ރ.ގެ އިނާމު ދީފައިވެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ބީއެމްއެލްގެ ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ