ރާޖްކުމާރު ރާއޯގެ 'މާލިކް' ޖޫން މަހު
ބޮލީވުޑް އެކްޓަރު ރާޖްކުމާރު ރާއޯ ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ފިލްމު "މާލިކް" މި އަހަރުގެ ޖޫން މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ. ޓިޕްސް ފިލްމްސް އަދި ނަދަން ލައިޓްސް ފިލްމްސްއިން ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. ފިލްމުގައި ރާޖްކުމާރު ރާއޯ ހަތިޔާރާ އެކު ފެންނަ ޕޯސްޓަރެއް ސޯޝަލް މީޑިއާއަށް ދޫކޮށްލަމުން ޓިޕްސް ފިލްމްސްއިން ބުނީ، މުޅި އިންޑިއާ ހިސާރު ކުރުމަށް މި ފަހަރު އަންނާނީ "މާލިކު" ކަމަށެވެ. "މާލިކު"ގެ ނަން ދެވިފައިވާ ކެރެކްޓާއަކުން ރާޖް ފެންނާނެއިރު އޭނާއަކީ މި ފިލްމުގައި ވަރަށް ވަރުގަދަ ގޭންގްސްޓާއެކެވެ. ރާޖް އާއްމުކޮށް ކުޅެފައިވާ ފިލްމުތަކުގައި އެކްޓަރަކީ ވަރަށް މައުސޫމް މަޑުމައިތިރި ނުވަތަ ހެއްވާ މަޖާ މީހެއްގެ ގޮތުގައި ފެނުނު ނަމަވެސް "މާލިކް"ގައި ރާޖް ފެންނާނީ ވަރަށް ތަފާތު ކެރެކްޓާއަކުން ކަމަށް ޓިޕްސް ފިލްމްސްއިން ވަނީ ބުނެފައެވެ. ރާޖްކުމާރު ރާއޯ އަދި ބަތަލާ ޝްރައްދާ ކަޕޫރު ފިލްމު "އިސްތިރީ"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ ކުމާރު ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތް މިހާރު ވަނީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައެވެ. ރާޖް މިދިޔަ އަހަރު ހަތަރު ފިލްމަކުން ފެނިފައިވާއިރު އޭގެ ތެރޭގައި ބޮކްސް އޮފީހުގެ ރެކޯޑުތަކެއް މުގުރާލި ފިލްމު "އިސްތިރީ 2" ވެސް ހިމެނެއެވެ. ބަތަލާ ޝްރައްދާ ކަޕޫރު މުހިއްމު ރޯލް ކުޅެފައިވާ މެޑްޑޮކް ފިލްމްސްގެ "އިސްތިރީ 2" އަކީ ރާޖްގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފްރެންޗައިސްއެވެ. ފިލްމު "މާލިކް"ގެ އިތުރުން ރާޖް އަންނަނީ އިތުރު ދެ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ރާޖްގެ އަންހެނުން ބަތަލާ ޕަތްރަލެކާ އާއި ރާޖް ގުޅިގެން ޕްރޮޑީއުސްކުރާ ފިލްމު "ޓޯސްޓަ" ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ