ފޭސްބުކް ލައިވްއެއްގައި ދިވެހި އަންހެނަކު ބަރަހަނާވި މައްސަލަ ފެންމަތިވެ އެ މައްސަލަ ބަލަން ފަށައިފި އެވެ.
މި އަންހެން މީހާ ފޭސްބުކް ލައިވްގައި ބަރަހަނާވީ ހުކުރު ދުވަހު ހުކުރު ގަޑީގަ އެވެ. އަންހެން މީހާގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައުމުން އެ މައްސަލަ ވަނީ ބަލަން ފަށާފަ އެވެ.
ނަަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދިވެހީންގެ ބައެއް މީހުންގެ އަމަލުތައް ހުރީ ވަރަށް ދަށު ދަރަޖާގަ އެވެ. ބަރަހަނާ ވުމާއި ހުތުރު ބަސްބަހުން މުއާމަލާތް ކޮށް ޒުވާބު ކުރުމާއި އެފަދަ އެތައް ކަމެއް ދަނީ ކުރަމުންނެވެ.
އަމިއްލަ ދިރިއުޅުމުގެ އެންމެ ޒާތީ ވާހަކަތައް ހިއްސާކޮށް މީހުން ފަލީހަތް ކުރުން ފަދަ ކަންކަން ވެސް ވަނީ ހައްދުން ނެއްޓިފަ އެވެ.
ފޭސްބުކް ލައިވްއެއްގައި ދިވެހި އަންހެނަކު ބަރަހަނާ ވެއްޖެ، މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ