އެންމެންގެ މައްޗަށް ގާނޫނު ހިނގާނެ، ތަފާތެއް ނުކުރާނަން: ރައީސް

"އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދިކަަމަކަށް، ރަހުމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ!" ރައީސްގެ ޕޯސްޓްގައިވެ އެވެ.
ގާނޫނީ ވެރިކަމެއް ހިންގުމުގައި އެއްވެސް މީހެއްގެ މަގާމަކަށް އާއިލާއަކަށް އަދި ނަސަބަކަށް ބެލުމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އޭނާ އާއެކު ސިޔާސީ ނުފޫޒު އޮތް ބަޔަކު ހަރަކާތްތެރިވެފައިވާތީ އެމީހުން ހިމާޔަތް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ގިނަ ބަޔަކު ބުނަމުން ދާ ދަނޑިވަޅެއްގަ އެވެ.މި ހާދިސާ ހިނގުމުގެ ކުރިން ޔުމްނު ހިމެނޭހެން ޒުވާނުންތަކެއް ވަނީ އެރޭ މއ. މާންދޫގޭދެކުނު ގޭގައި މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފަ އެވެ. އެ ގެއަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ގެ ގެއެވެ. ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރައްވާނެ ކަމަށެވެ."އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދިކަަމަކަށް، ރަހުމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ!" ރައީސްގެ ޕޯސްޓްގައިވެ އެވެ.
ޕާޓީ ކުރި މީހުންގެ ތެރެއިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު، މުސާރަ ނުލިބޭ ގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ގާނޫނު ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް މިއަދު ވަނީ މި މައްސަލައިގައި އެއްވެސް ތަފާތު ގޮތަކަށް އަމަލު ކުރަމުން ނުދާ ކަމަށް ވިދާޅުވެފަ އެވެ. މާންދޫގޭ ދެކުނު ބައިގައި ހަރަކާތްތެރިވި ހުރިހާ ޒުވާނުންގެ ޕާސްޕޯޓް މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފަ އެވެ. އަދި ޔުމްނު ވެއްޓުނުއިރު އެންމެ ފަހު ވަގުތާ ޖެހެންދެން އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، ހައްޔަރު ކުރުމުގެ ކޯޓު އަމުރެއް ވެސް ވަނީ ހޯދާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ