އެންމެ މަދުން ރިސޯޓް ހުރި ފަސް އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެ ސަރަހައްދުތަކުގެ ބިމު ކުލި ކުޑަކޮށް އިންވެސްޓަރުންނަށް އިތުރު އިނާޔަތްތައް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާ އިން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އެންމެ އުތުރުން ހއ.، ހދ. އަދި ށ. އަތޮޅާ އަދި ދެކުނުން ތ. އަދި ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ސިޔާސަތުތަކެއް ގެންގުޅުއްވާ ކަމަށެވެ.
ތަފްސީލް - އެގޮތުން އިންވެސްޓަރުން އެ ސަރަހައްދުތަކަށް އިންވެސްޓް ކުރުމަށް ޝައުގުވެރިކުރުމަށް ގަވައިދަށް ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ފަސް އަތޮޅަށް އެކަނި އަޅުގަނޑުމެން ވަކި މުއްދަތަކަށް ސަންސެޓު ކްލޯސް އެއް ލާފައި، އަޅުގަނޑުމެން މި އުޅެނީ ލުއިކޮށްލަން. މައިގަނޑު ގޮތެއްގައި ލޭންޑު އިކުއިޒިޝަން ކޮސްޓުގެ ވަރަށް ބޮޑު ލުއިތަކެއް ދޭނަން. އަދި އެ ގެންނަ ތަކެއްޗަށް ނަގާ ޑިއުޓީ އަށް ވެސް ލުއިތަކެއް ދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ލުއިތަކާ އެކު އެ ފަސް އަތޮޅުގައި ޓޫރިޒަމަށް އިންވެސްޓުކުރާނެ ވިޔަފާރިތައް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އޭރުން އަޅުގަނޑުމެންނަށް އެންމެ މަދުން ފަތުރުވެރިކަން ފެތުރިފައިވާ މި ފަސް އަތޮޅުގައި ފެނިގެންދާނެ [ފަތުރުވެރިކަން ތަރައްގީވާތަން.] އެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް." ރައީސް ވިދާޅުވި އެވެ.
މި މަހުގެ ތެރޭ މި ލުއިތަކާ އެކު މި ފަސް އަތޮޅުގައި އިންވެސްޓުކުރަން އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމް ނެތް ފަސް އަތޮޅުގައި ޓޫރިޒަމަށް އިންވެސްޓުކުރަން ލުއި ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ