އުރީދޫ ޖީޓީ7 ލެޖެންޑްސްގެ ފުރަތަމަ ސީޒަން ނިންމާލައިފި

އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގުޅިގެން ރާއްޖޭގެ އެންމެ މޮޅު ބައެއް ސިމް ރޭސަރުން އެއްތަނަކަށް ގެނެސް، ކުރިއަށް ގެންދިޔަ ގްރޭންޑް ޓިއުރިސްމޯ 7 ގެ ލެޖެންޑްސް ސާކިޓްގެ ސީޒަން އެކެއް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.ޖުމްލަ 5،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކުރިއަށް ދިޔަ މި ޓޯނަމެންޓްގައި 15 ކުޅުންތެރިން ބައިވެރިވި އެވެ.އުރީދޫ އިން ބުނީ އެންމެ މޮޅު ތިން ކުޅުންތެރިން ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ގްރޭންޑް ފިނާލޭއަށް ކޮލިފައިވެފައިވާ ކަމަށެވެ.އޭގެތެރޭގައި ހިމެނެނީ:· ޗެމްޕިއަން: މުހައްމަދު މާއިޝް (2500 ރުފިޔާ)· ދެވަނަ: މުހައްމަދު ޔޫހު (1500 ރުފިޔާ)· ތިންވަނަ: އަޔާން އަހުމަދު (1000 ރުފިޔާ)އުރީދޫއިން ބުނީ މި މުބާރާތުގެ ސީޒަން ދޭއްގެ މައުލޫމާތު އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނު ކުރާނެ ކަމަށެވެ.ޖީޓީ7 ލެޖެންޑްސް ސާކިޓް ގްރޭންޑް ފިނާލޭގައި ދެ ސީޒަނުން ވަނަ ހޯދާ ކޮލިފައިވާ ފަރާތްތަކުން ވާދަކުރާނީ 15،000 ރުފިޔާގެ އަލްޓިމޭޓް ޕްރައިޒް ޕޫލަކަށް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ