ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ލަސްވަމުންދާކަން ގަބޫލު ކުރާ ކަމަށާއި ނަމަވެސް މި ދައުރު ނިމުމުގެ ކުރިން އެ އެއާޕޯޓުގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފެށޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް މިއަދު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ މިހާރު ވެސް މަގޫދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"އަޅުގަނޑުމެން އާދެ، މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނަން، މަގޫދޫ އެއާޕޯޓު މަސައްކަތް އިރާދަކުރެއްވިއްޔާ މި ދައުރު ތެރޭގައި ނިންމާފައި ހުޅުވާނަން،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ޕްލޭންގައި އަބަދުވެސް އޮތީ އެ އަތޮޅު ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ކަމަށެވެ. ނަމަވެސް ޕްލޭނާ ހިލާފަށް މަގޫދޫގައި އެއާޕޯޓު އަޅަން ނިންމީ ރަނގަޅަށް ނޫން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަން، ލަސްތަކެއް އައިސްފިކަން، އަޅުގަނޑުމެން ހަމަ އެއާއެކީގައި ގަބޫލު ކުރަން ކުރީގައި ނިލަންދޫގައި އެޅުމަށް، އެންމެ ކުރީގައި އަބަދުވެސް ނިލަންދޫގައި ކަނޑައެޅިފައި އޮތް ޕްރޮޖެކްޓެއް މަގޫދޫއަށް ބަދަލު ކުރީ އެންމެ ރަނގަޅަކަށް ނޫންކަން، އެހެންވީމާ އެއާއެއްކޮށް ސަރުކާރުގެ ޑިވެލޮޕްމެންޓް ޕެލޭނާ އެއްކޮށް ނިލަންދޫގައި އެއާޕޯޓެއް އަޅަންޖެހޭނެ،" މުއްތަލިބު ވިދާޅުވި އެވެ.
މަގޫދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުންނެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެ އެއާޕޯޓުގެ މަސައްކަތް ދެ ފަހަރުމަތިން ހުއްޓުވާފައިވެ އެވެ.
އެގޮތުން މިދިޔަ އޭޕްރިލް މަސް ތެރޭގައި މަގޫދޫގައި އެއާޕޯޓު އެޅުމަށް ގެންގޮސްފައި ހުރި ބައެއް ސާމާނުތައް އެރަށުން ބާލާތީ އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ އިހުތިޖާޖު ވެސް ކުރި އެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ދައުރުގައި ނިންމާނަން: މުއްތަލިބު މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ދައުރުގައި ނިންމާނަން: މުއްތަލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ