މިއަހަރުގެ ސަޓާ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ސައުތު އޭޝިއާގެ އެންމެ ބޮޑު ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ރިކޮގްނިޝަން، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ މި އަހަރުގެ އެޑިޝަންއަށް ނަން ހުށަހަޅަން ހުޅުވާލައިފިއެވެ. 2016 ވަނަ އަހަރު ތައާރަފުކުރި، ސާޓާއިން އަންނަނީ މި ސަރަޙައްދުގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ފާހަގަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސާޓާ 2025އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައި ވާއިރު، ޝައުޤުވެރިވާ ފަރާތްތަކުން ލިންކެއް މެދުވެރިކޮށް އޮންލައިންކޮށް ނަން ހުށަހެޅޭނެއެވެ. ނަން ހުށަހެޅުމުގެ ފަހު ވަގުތަކީ އަންނަ މާޗު މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ސަޓާ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގައެވެ. ސަޓާއަކީ ހަމައެކަނި އެވޯޑް ހަފުލާއަކަށް ވުރެ ބޮޑަށް އެންމެ ފަހުގެ ޓްރެންޑްތައް ދައްކުވައިދޭ ޕްލެޓްފޯމެކެވެ. ސާޓާއިން އަންނަނީ ކޮންމެ އަހަރަކު ވެސް، މާހިރުންނާއި ސިނާޢަތުގެ ޕްރޮފެޝަނަލުންގެ މައްޗަށް އެކުލެވޭ ޕެނަލަކުން ތަފާތު ގިންތިތަކުން ފާހަގަކޮށްލެވޭ ފަރާތްތައް ހޮވަމުންނެވެ. އޭގެތެރޭގައި ހޮޓެލްތަކުން ހޯދާފައިވާ ކާމިޔާބީތަކުގެ އަގު ވަޒަންކުރުމާއި، އެއާލައިންތަކާއި، ދަތުރުފަތުރުގެ ކުރިއެރުމާއި ކާމިޔާބީއަށް އެހީތެރިވެދޭ އެހެނިހެން ޖަމިއްޔާތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ އަގު ވަޒަންކުރުން ހިމެނެއެވެ. ސަޓާ އެވޯޑް 2023---ފޮޓޯ/ސަޓާ މި އިނާމުތައް ދެނީ ތަފާތު ގޮތަކަށެވެ. އެއީ، ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން، އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ފަދަ ކެޓަގަރީތަކަށް ބަހާލައިގެންނެވެ. ފާއިތުވި އަހަރުތަކުގައި ސަޓާގެ ވާދަވެރިކަން އިތުރުވެ، ގިނަ ބަޔަކު އަންނަނީ މި އެވާޑަށް ވާދަކުރަމުންނެވެ. މިއީ މި އެވޯޑު ބާއްވާ ނުވަވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ