އަބުދުއްރަހީމް ގެއްލިއްޖެ: މުއިއްޒުގެ އަނިޔާވެރިކަމާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހުނީ, މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް ގުރުބާން ވީ ފަރާތްތަކަށް!

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުއްރަހީމް ސިޔާސީ މަސްރަހުން ކުއްލި ގޮތަކަށް ގެއްލިއްޖެއެވެ. އަބުދުއްރަހީމްގެ އަޑު ފަނޑުވެ, އޭނާ ސިޔާސީ މަސްރަހުން ކުއްލިގޮތަކަށް ގެއްލުނީ, އަބުދުއްރަހީމްގެ ދަރިފުޅު, މިސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އިބުރާހިމް ފައިސަލް ރައީސް މުއިއްޒު ވަޒީރުކަމުން ވަކި ކުރުމާއިގުޅިގެން, ރައީސް މުއިއްޒުގެ އެ ނިންމުމާމެދު އަބުދުއްރަހީމް އާންމު މީޑިއާގައި ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.
ފައިސަލް މިނިސްޓަރުކަމުން ވަކިކުރިއިރު އަބުދުއްރަހީމް ހުންނެވީ މެލޭޝިއާގައެވެ. މެލޭޝިއާގައި ހުންނަވާ މީޑިއާތަކާއި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވެފައިވަނީ ފައިސަލް މަގާމުން ވަކިކޮށްފައިވަނީ ބޭއިންސާފުން ކަމުގައެވެ.
އެނގިފައިވާ ގޮތުގައި އަބުދުއްރަހީމްގެ އިންޓަވިއުއާއި ގުޅިގެން މުއިއްޒުވަނީ ކޯފާ އިސްކުރައްވާފައެވެ. އަދި މެލޭޝިއާއިން އަބުދުއްރަހީމް މާލެ ވަޑައިގަތުމަށްފަހު އަބުދުއްރަހީމް އެއްވެސް މީޑިއާކަށް މައުލޫމާތު ދެއްވުން މުއިއްޒުވަނީ މަނާ ކުރައްވާފައެވެ. އަދި އަބުދުއްރަހީމް މަޖިލިސް ރައީސްކަމުން ވަކިކުރުމަށް މުއިއްޒުވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއަށް އަންގަވާފަވެސްމެއެވެ.
މުއިއްޒުގެ އަނިޔާވެރިކަމާ, އެންމެ ގާތުގައި ހުންނެވި އަބުދުއްރަހީމަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާއިރު, މުއިއްޒުގެ ފަރާތުން މިބީދައިން އަނިޔާ ލިބެމުންދަނީ މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ފަރާތްތަކަށެވެ.
އެގޮތުން, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން, ރައީސް ޔާމިނަށް އޮތް ތާއީދުގެ ބޭނުންކޮށް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުއިއްޒުވަނީ ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވިދާޅުވެ ވީހާ ވައުދުތަކަށް ޚިޔާނާތްތެރި ވެފައެވެ. އަދި މުއިއްޒުގެ އެންގުމަށް, ކޯޓުތަކުގައި އަދިވެސް ކުރިޔަށްދާ ރައީސް ޔާމިންގެ މައްސަލަތައް މިހާރުވަނީ ބާރު މިނުގައި ކުރިޔަށް ގެންދަންވެސް ފަށާފައެވެ.
މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ފުރިގެންދާއިރު, މުއިއްޒުގެ ފަރާތުން އެންމެ ބޮޑަށް އަނިޔާ ލިބެމުންދަނީ, މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑު ގުރުބާނީއެއްވި ފަރާތްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ