ރައޮޓް ގިޔަރުގައި ތިބި ގިނަ އަދަދެއްގެ ސިފައިން ބޮޑެތި ލޮރީތަކުގައި އެމްއެންޑީއެފުގެ ދެ ޓޭންކަރާއެކު މާލޭގައި މިރޭ ދުންފަން ފަށައިފި އެވެ.
ރައޮޓް ގިޔަރު އަޅައިގެން ތިބި ސިފައިން ޝީލްޑުތައް ހިފައިގެންސިފައިންގެ ލޮރީތަކުގައި ނުކުމެގެން މިރޭ ދިޔައީ ސިފައިންގެ މައި މަރުކަޒުންނެވެ. އެ ލޮރީތަކާއެކު ސިފައިންގެ ޓޭންކަރުތައް ވެސް ބަންޑާރަ ކޮށިން ނިކުމެގެން ދިޔަ އެވެ. އެ އުޅަނދުތައް ދުއްވާފައި ދިޔައީ ހުޅުމާލެއަށެވެ.
ބަރު ހަތިޔާރާއެކު ސިފައިން މިރޭ މާލެ ސަރަހައްދުގައި ސިފައިން ދަން ގަޑިއެއްގައި ހަރަކާތްތެރިވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.
ރައޮޓް ގިޔަރުގައި ތިބި ގިނަ އަދަދެއްގެ ސިފައިން މިރޭ ޓޭންކަރުތަކާއެކު ހަރަކާތްތެރިވިއިރު، އިދިކޮޅު އެމްޑީޕީން އަންނަނީ މާދަމާރޭ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރުވަމުންނެވެ. ނަމަވެސް ސިފައިން ހަރަކާތްތެރިވުމާ އެމްޑީޕީގެ ހިނގާލުމާ އެއްވެސް ގުޅުމެއް އޮތް ކަމެއް އަދި ނޭނގެ އެވެ.
މީގެ ކުރިން މާލޭގައި ބާއްވާ އެފަދަ އެއްވުންތައް ކޮންޓްރޯލް ކުރުމުގައި ފުލުހުންނާއެކު ސިފައިން ހަރަކާތްތެރިވެފައިވެ އެވެ. ފެބްރުއަރީ 7، 2012 ގައި ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވީ ވެސް ސިލްސިލާ މުޒާހަރާތަކެއް ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްތްކެއް ކުރަމުން ގޮސް، މުޒާހަރާތަކުގައި ސިފައިންނާއި ފުލުހުން ބައިވެރިވެގެންނެވެ.
ޓޭންކަރުތަކާއެކު ގިނަ އަދަދެއްގެ ސިފައިން ރައޮޓް ގިޔަރުގައި މާލޭގައި ހަރަކާތްތެރިވަނީ ޓޭންކަރުތަކާއެކު ގިނަ އަދަދެއްގެ ސިފައިން ރައޮޓް ގިޔަރުގައި މާލޭގައި ހަރަކާތްތެރިވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ