އިނގުރު ފެން: އަރިދަފުސް ރޯގާއާ އެކު އެންމެ ގިނަ ބައެއްގެ އެކުވެރިޔާ
އިނގުރަކީ އަރިދަފުސް ރޯގާ ޖެހުމުން ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ވަރަށް ގިނަ ބަޔަކު ގޭގައި ފަރުވާ ހޯދުމަށް ބޭނުންކުރާ ބާވަތަކެވެ. މީގައި އެކުލެވޭ އެންޓިވައިރަލް، އެންޓިބެކްޓީރިއަލް އަދި އެންޓި-އިންފްލެމޭޓަރީ ކޮލިޓީތަކުގެ ސަބަބުން އަރިދަފުސް ރޯގާއާ އެކު ތަހައްމަލުކުރާ ވޭންތަކަށް ލުޔެއް ހޯދައިދިނުމަށް އެހީތެރިވެދެއެވެ. އިނގުރަކީ އެތައް ޒަމާނުއްސުރެ އާތްރައިޓިސް ފަދަ ބަލިތަކަށް ވެސް ގަދީމީ ބޭސްވެރިކަމުގައި ބޭނުންކުރަމުން އަންނަ ބާވަތެކެވެ. އިނގުރު ކައްކައިގެން ހަދާ އިނގުރު ފެނަކީ ބޮލަށް އެނބުރުން އެރުން އަދި ހާއްސަކޮށް ހެނދުނު ހެނދުނާ ހޭލުމަށްފަހު ތަހައްމަލުކުރާ 'މޯނިންގް ސިކްނަސް'އަށް ވެސް ވަރަށް ގިނަ ބަޔަކު ބޭނުންކުރާ އެއްޗެކެވެ. އިނގުރުގައި އެކުލެވޭ ގުދުރަތީ މާއްދާތަކުގެ ސަބަބުން މިއީ ރޯގާގެ އަލާމާތްތަކާ އެކު އަންނަ ވޭންތަކަށް ލުޔެއް ހޯދައިދޭ ބާވަތެއް--ފޮޓޯ/އިންސްޓަގްރާމް ނަމަވެސް އާއްމުކޮށް މިއީ އަރިދަފުސް ރޯގާ ޖެހުމުން އެންމެ ގިނަ ބައެއްގެ ގާތް އެކުވެރިއަކަށް ވެދެއެވެ. ބޯޑު ސަޓިފައިޑް ފެމިލީ މެޑިސިން ފިޒީޝަން ޑރ.މެރެޑިތު ގުޑްވިން ބުނެފައިވާ ގޮތުގައި، އަރިދަފުސް ރޯގާ ޖެހި ކެއްސާނަމަ އިނގުރަކީ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް ބާވަތް ކަމަށެވެ. ހަމައެއާއެކު ނެޝަނަލް ބޯޑު ސަޓިފައިޑް ޑރ.ކެރީ ބޮއިލް ބުނެފައިވާ ގޮތުގައި ސައިންޓިފިކް އެކި ދިރާސާތަކުން އެނގެން ހުރި ގޮތުގައި ވެސް އިނގުރުގައި ހިމެނޭ ސިއްހީ މާއްދާތަކުގެ ސަބަބުން އަރިދަފުސް ރޯގާގެ އަލާމާތްތަކަށް ލުޔެއް ލިބުމަށް އެހީވެދެއެވެ. އޭގެތެރޭގައި ކަރުގައި ރިއްސުމަށް ލުޔެއް ހޯދައިދިނުން އަދި ރޯގާގެ އަލާމާތާ އެކު އަންނަ ތަދުތަކަށް ލުޔެއް ހޯދައިދިނުން ހިމެނެއެވެ. އިނގުރު ފެން ކައްކައިގެން ބުއިމަކީ ސިއްހީ އެހެނިހެން ފައިދާތަކެއް ވެސް އެކަމުން ހަށިގަނޑަށް ލިއްބައިދޭ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް ޑރ. ކެރީ ބޮއިލް ބުނެފައިވާ ގޮތުގައި އިނގުރުގައި އެންޓިބައޮޓިކްއާ ދާދި އެއްގޮތް ގުދުރަތީ މާއްދާތަކެއް އެކުލެވޭތީ އެންޓިބައޮޓިކްގެ ސަބަބުން އަރިދަފުސް ރޯގާއަށް ހޯދައިދޭ ލުއިކަމާއި ދާދި އެއް ކަހަލަ ލުޔެއް އިނގުރުން ހަށިގަނޑަށް ލިބެއެވެ. ހަމައެއާއެކު އަރިދަފުސް ރޯގާގެ ސަބަބުން ކަރުގައި އުފެދޭ އިންފެކްޝަންއަށް އިނގުރު ބޭނުންކުރުމުގެ ސަބަބުން ލުޔެއް ލިބޭ ކަމަށް ޑރ. ކެރީ ބޮއިލް ވަނީ ބުނެފައެވެ. ކަރުގައި ރިއްސާނަމަ ހޫނު ފެނަށް ގާނާލާފައިވާ އިނގުރު އެޅުމަށްފަހު އެއާ އެކު ލުނބޯ ހުތް ވެސް ބޭނުންކުރެވިދާނެއެވެ. ބޭނުންނަމަ މާމުޔާ އެކުވެސް ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން ތާޒާކޮށް ލިބެން ހުންނަ އިނގުރު ހަފައިގެން ވެސް ބޭނުން ކުރެވިދާނެއެވެ. ކެއުންތަކުގައި އަދި އެކި ކަހަލަ ޖޫސްފަދަ ބުއިންތަކުގައި ވެސް ތާޒާކޮށް ހުންނަ އިނގުރު ބޭނުންކުރުމަކީ ވެސް އަރިދަފުސް ރޯގާގެ އަލާމާތްތަކުން ދުރުހެލިވެ ރައްކާތެރިކަން ހޯދުމަށް ކުރެވިދާނެ ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ