ރޯމް (ޖޫން 21) - އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ޕޯޗުގީސް ތަޖުރިބާކާރު ކޯޗު، ހޯސޭ މޮރިނިއޯ ހަމަޖައްސަން އިޓަލީގެ ކިޓް ޕާޓްނަރު، އެޑިޑާސް އިން ވެސް ބާރު އެޅި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ލޫޝިއާނޯ ސްޕަލެއްޓީ ވަކިކުރުމަށް ފަހު، އެ ޓީމުގެ ކޯޗުގެ ޒިންމާ ހަވާލުކުރީ އެ ޓީމާ އެކު، 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި، މިޑްފީލްޑަރު، ޖެނާރޯ ގަޓޫސޯއާ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ގަޓޫސޯއާ ހަވާލުކުރުމުގެ ކުރިން، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވިސްނީ ކްލައުޑިއޯ ރަނިއޭރީ ނޫނީ މޮރީނިއޯއާ އެ ޓީމު ހަވާލުކުރުމަށެވެ. އެ ގޮތުން، ރަނިއޭރީ ނިންމީ ރޯމާގައި އޭނާ އަށް ކުރިއަށްދާން ލިބުނު އެޑްވައިޒަރީ މަގާމާ އެކު، ކުރިއަށްދިއުމަށެވެ.
ފެނަބާޗޭގެ ކޯޗަކަށް ހުރި، މޮރީނިއޯ ގެންނަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުރި މަސައްކަތުގައި ބައިވެރިވާން އެ ޓީމުގެ ކިޓް ޕާޓްނަރު އެޑިޑާސް އިން ޕްރޮޕޯސަލެއް ހުށަހެޅި އެވެ. އެެއީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް މޮރީނިއޯ އަށް ކޮންޓްރެކްޓެއް ދޭއިރު، އެޑިޑާސް އިން އޭގެ ބޮޑުބައި ދޭ ގޮތަށެވެ.
އެކަމަކު، މޮރީނިއޯ ގެންނަން އެ ދެކެވުނު ވާހަކަތައް ނިމުމަކަށް އައީ، އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު، ޖިއަންލުއީޖީ ބުފޮން އެކަމާ ދެކޮޅު ހެދުމުންނެވެ. އެ ގޮތުން، ބުފޮން ހުށަހެޅީ އިޓަލީގެ ގައުމީ ޓީމުގެ ކަންކަން ރަނގަޅަށް ދަންނަ، އެ ސަފާގަތުގެ ތެރެއިން އައި ފަރާތަކާ ޓީމު ހަވާލުކުރުމަށެވެ. އެ ގޮތުން، ގަޓޫސޯ އަކީ އެ ކަމަށް އެންމެ ގާބިލު ފަރާތްކަމަށް ބުނެ، އޭނާއާ އިޓަލީގެ ކޯޗުކަން ހަވާލުކުރިން، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނަށް ވުރެ ކުރިން އިއުލާނުކުރީ ވެސް ބުފޮން އެވެ.
މޮރީނިއޯ އަށް އިޓަލީގެ ކޯޗުކަން ދޭން އެޑިޑާސް އިން ބާރު އެޅި މޮރީނިއޯ އަށް އިޓަލީގެ ކޯޗުކަން ދޭން އެޑިޑާސް އިން ބާރު އެޅި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ