މެންޗެސްޓާ (ޖޫން 20) - މެންޗެސްޓާ ސިޓީން، އިނގިރޭސި ޕްރިމިއާ ލިގުގެ އެންމެ ފަހުން ނިމުނު ސީޒަނުގައި ތަކުރާރުކޮށް އެއް ގަވާއިދާ ހިލާފުވެފައިވާތީވެ، އެ ޓީމު، 1.3 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ނިންމައިފި އެވެ.
އެ ގޮތުން، ސިޓީން ހިލާފުވެފައިވާ ގަވާއިދަކީ، ވަގުތަށް މެޗު ފެށުމާއި ދެ ވަނަ ހާފުގެ ކުޅުން ފަށަން ޖެހޭ ގޮތަށް އޮތް މާއްދާއާ އެެވެ. އެ ގޮތުން، މިދިޔަ ސީޒަނުގައި ލީގުގައި ސިޓީން ނުވަ ފަަހަރެއްގެ މަތިން، ކަނޑައަޅާފައިވާ ވަގުތަށް މެޗު ފަށާފައިނުވެ އެވެ. އެހެންވެ، އޭގެއިން ކޮންމެ ފަހަރަަކަށް ކުރި ޖޫރިމަނާތަކުގެ ޖުމްލަ އަދަދު ވަނީ 1.3 މިލިއަން ޑޮލަރަށް އަރައިފަ އެވެ.
ނިމިދިޔަ ސީޒަން ނުލައި، އޭގެ ކުރިން ނިމުނު ދެ ސީޒަނުގައި ވެސް ސިޓީން ވަނީ، މި ގަވާއިދާ ހިލާފުވެފަ އެވެ. އެއީ، ދެ ސީޒަނަށް ބަލާނަމަ، ޖުމްލަ އެކު، 36 ފަހަރު އެވެ.
މިދިޔަ ސީޒަނުގައި، ސިޓީން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ގަޑިއަށް ނުފެށުނުއިރު، ދެ ވަނަ ހާފަށް ފަހު އަލުން ފެށީ ވެސް ލަހުންނެވެ. އަދި، މި މެޗުގައި ވަގުތަށް ނުފެށުނު ވަގުތުގެ ޖުމްލަ، ތިން މިނިޓް، 42 ސިކުންތަށް ވަނީ އަރައިފަ އެވެ. ދެން، އެންމެ ގިނަ ވަގުތު ވެފައިވަނީ، ސައުތެމްޓަނާއި އިސްޕްވިޗް ޓައުންއާ ދެކޮޅަށް ސިޓީން ކުޅުނު މެޗުގަ އެވެ. އެ ދެ މެޗުގައި ވެސް ކަނޑައެޅިފައި އޮތް ވަގުތަށް ވުރެ މެޗު ފެށުން ދެ މިނިޓަށް ވުރެ ލަސްވި އެވެ.
ތަކުރާރުކޮށް ގަވާއިދާ ހިލާފުވުމުން ސިޓީ އަށް 1.3 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ތަކުރާރުކޮށް ގަވާއިދާ ހިލާފުވުމުން ސިޓީ އަށް 1.3 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ