ރައީސުލްޖުމްހޫރިިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ޖަމިއްޔާއެއް އުފައްދަވައިފި އެވެ.
ޖަމިއްޔާއެއް އުފައްދާފައިވާ ކަން އިއުލާނު ކުރެއްވީ އެކަމަނާ އެވެ. މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ 7 ވަނަ ސަމިޓުގެ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަ ކުރައްވައިގެން، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދަވާފައިވާ ކަމަށެވެ.
މެކް ފައުންޑޭޝަނުގެ ފަރާތުން، ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ގާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކު ރައްވާކަން ހާމަކުރައްވަމުން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދެވީ މެކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. އަދި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ކޮމެޓީ ބައްދަލުވުމުގައި ވަނީ ހިއްސާކުރައްވާފަ އެވެ.
ކުރީގެ ބައެއް ރައީސުންގެ އަނބިކަނބަލުން ވެސް ވަނީ އިޖްތިމާއީ ހިދުމަތްތަކަށް ހާއްސަ ފައުންޑޭޝަންތަކާއި ޖަމިއްޔާތައް އުފައްދަވާ ހިންގަވާފަ އެވެ. ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަނީ ސޮދަގާތު ފައުންޑޭޝަން އުފައްދަވާފަ އެވެ. ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް ވަނީ ޝީ ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވާފަ އެވެ.
އެ ޖަމިއްޔާ އުފެއްދީ ވަަރަށް މުހިންމު މަގްސަދެއްގަ އެވެ. އަދިވެސް އެ ޖަމިއްޔާގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ދެ އެވެ.
މެޑަމް ފާތުންގެ ސޮދަގާތު ފައުންޑޭޝަން, ޔާމީންގެ ވެރިކަމުގައި ބައެއް ކަންކަން ކުރި ނަމަވެސް އެ ވެރިކަން ނިމުމާއެކު ފައުންޑޭޝަންގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
މެޑަމް ސާޖިދާ ޖަމިއްޔާއެއް އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ