ގައުމީ އެއާލައިން، މޯލްޑިިވިއަންގެ ފްލީޓުގައި އޮންނަ އެއާބަސް320 މަރުކާގެ ބޯޓު މަރާމާތަށް ފަހު އޮޕަރޭޝަންތަކުގައި ބޭނުން ކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އޭ320އަށް ދަތުރު ކުރެވޭ ވަގުތު ނުވަތަ 'ފްލައިން އަވާސް' ހަމަވެ، އެ ބޯޓު ސާވިސް ކުރުމުގެ މަސައްކަތް ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން މެލޭޝިއާގައި އޮތުމަށް ފަހު މިހާރު ބޯޓު ވަނީ މާލެ ގެނެސްފަ އެވެ. ބޯޓުގެ މަރާމާތަށް ފަހު ރާއްޖެ އައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ތަފްސީލް - މީގެ ކުރިން މޯލްޑިވިއަނުން އިންޑިއާ އަދި ލަންކާގެ ބައެއް މަންޒިލްތަކަށް ދަތުރުތައް ކުރަމުން އައީ އޭ320ގަ އެވެ. ބޯޓުގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް އޭގެ ތެރެއިން ބައެއް ދަތުރުތައް އޮތީ މެދުކަނޑާލައިފަ އެވެ.
މޯލްޑިވިއަނުން މިހާރު ވަނީ އޭ320ގައި އައްޑުއަށް ދަތުރު ކުރަން ފަށައިފަ އެވެ. އެގޮތުން، މޯލްޑިވިއަނުން ވަނީ އެ ބޯޓުގައި އިއްޔެ އައްޑުއަށް ދަތުރެއް ބާއްވައިފަ އެވެ.
މީގެ އިތުރުން، އަންނަ މަހު 10 އިން ފެށިގެން ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު އެ ބޯޓުގައި އައްޑުއަށް ދަތުރު ބާއްވަން ވެސް މޯލްޑިވިއަނުން ވަނީ ނިންމައިފަ އެވެ.
މީގެ ކުރިން ވެސް މޯލްޑިވިއަނުން ވަނީ ޑިމާންޑު ބޮޑު ދުވަސްވަރު އޭ320ގައި އައްޑުއަށް ދަތުރުތައް ބާއްވައިފަ އެވެ.
ފާހަގަ ކުރެވޭ - މޯލްޑިވިއަންގެ ފްލީޓުގައި މިހާރު އޭ330 މަރުކާގެ ބޯޓެއް ވެސް އޮވެ އެވެ. އެ ބޯޓުގެ ދަތުރުތައް ކުރަނީ ޗައިނާގެ ބައެއް މަންޒިލްތަކަށެވެ.
ކުރިއަށް އޮތް ތަނުގައި ދެކުނު އެފްރިކާއަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަން ނިންމާފައިވާއިރު، އޭ330 މަރުކާގެ އިތުރު ބޯޓެއް ގެނެސް މި އަހަރު ތެރޭ ޔޫރަޕަށް ވެސް އުދުހެން އެ އެއާލައިނުން ވަނީ ނިންމައިފަ އެވެ.
މޯލްޑިވިއަންގެ އޭ320 ގިނަ ދުވަސްތަކަކަށް ފަހު އުދުހެން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ