އުރީދޫގެ ކަރާ ފަޅައިގެން އަގުހުރި އިނާމު ހޯދަން ބާކީ 2 ދުވަސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް ޚާއްސަކޮށް މި ރޯދަމަހު ތައާރަފުކުރި ހިތްގައިމު މޮބައިލް ގޭމް ކަމަށްވާ އުރީދޫގެ ކަރާ ފަޅައިގެން އަގުހުރި އިނާމު ހޯދަން ބާކީ ދެ ދުވަހަށް ވެއްޖެއެވެ. އުރީދޫން ބުނީ، ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު މި ގޭމް ނިންމާލާއިރު، މިއީ އެޕަލްގެ އެންމެ ފަހުގެ ޑިވައިސްތަކާއި ހިތްގައިމު 65 އިންޗީގެގެ ޓީވީއެއް ހިމެނޭ 10 އިނާމުގެ ބަންޑަލްއެއް ހޯދުމަށް މި ގޭމް ކުޅެގެން ލިބޭ އެންމެ ފަހު ފުރުސަތު ކަމަށެވެ. އެހެން އަހަރުތަކުގައި ހަދިޔާ ފޮށި ގެނެސްދިން ގޮތަށް އުރީދޫ ކަރާ ފެޅުމުން ވެސް އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އުރީދޫން ބުނީ، ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 200 ޓެޕްކޮށްގެން ކަސްޓަމަރުންނަށް މި ހިތްގައިމު ގްރޭންޑް ޕްރައިޒް ލިބުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. ނަސީބުވެރި އެއް ފަރާތަކަށް އަލްޓިމޭޓްޓެކް ޕެކޭޖް ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ. އެގޮތުން، އޭގެ ތެރޭގައި ހިމެނެނީ: އެޕަލް އައިފޯން 16 ޕްރޯ މެކްބުކް އެއާ އެއާޕޮޑްސް 4 އެޕަލް ވޮޗް އެޕަލް ޓީވީ އެޕަލް ހޯމްޕޮޑް އެޕަލް އައިޕެޑް އެޕަލް ޕެންސިލް އެއާޕޮޑްސް މެކްސް 64 އިންޗީގެ ޓީވީ އުރީދޫން ބުނީ، އުރީދޫ ކަރާ ފެޅުމަކީ ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގޭމެއް ކަމަށެވެ. އަދިވެސް އިނާމު ހޯދުމަށް ކަރާ ފެޅުމުގައި ބައިވެރިވެވޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ. ކަރާފެޅުމުގެ އިތުރުން ވެސް އުރީދޫގެ ކަސްޓަމަރުންނަށް އިތުރު އޮފާތަކެއް ރޯދަމަހާ ދިމަކޮށް ތައާރަފުކޮށްފައި ވެއެވެ. އޭގެ ތެރެގައި: އެމް ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުން އެމް ފައިސާ މެދުވެރިކޮށް ރޯދަ ވީއްލުމެއް ހަދިޔާކުރުން ނަމާދު ވަގުތު ހަނދާންކޮށްދިނުމަށް ފްރީކޮށް އެލާޓެއް ދިނުން: މި އެލާޓް އެކްޓިވޭޓް ކުރުމަށް 4777އަށް "GO" ޖައްސަވާފައި މެސެޖު ކުރެވޭނެ ސުޕަނެޓް ޑާޓާ އެޑް އޮންސް 20 ޖީބީ ބޯނަސް ޑާޓާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ