ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް އިގުތިޞާދު ދިރާސާކުރައްވާ ތަޖުރިބާކާރު އާތިފް ޝަކޫރު އައްޔަނު ކުރައްވައިފިއެވެ.
މި މަގާމަށް އާތިފް އައްޔަންކުރެއްވީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމުގައި އާތިފް މިފްކޯއަށް ސްޓްރެޓެޖިކް ބަދަލުތައް ގެނައުމުގައި ލަފާދެއްވާނެކަމަށް އޭނާ ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ.
އާތިފަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި މިފްކޯ ފަދަ އިދާރާތަކުގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އާތިފްގެ ކެރިއަރުގައި 2004 އިން 2013 ވަނަ އަހަރަށް މިފްކޯގެ އެކި މަގާމުތައް ފުރުއްވާފައިވެއެވެ. މީގެ ތެރޭގައި ސޭލްސް އެންޑް މާކެޓިން މެނޭޖަރުގެ މަގާމާއި ޑެޕިއުޓީ ސީއީއޯގެ މަގާމު އަދި ސީއީއޯގެ މަގާމު ވެސް ހިމެނެއެވެ.
މިހާރު މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވީ ފަރުހަތު ޝަހީރެވެ. ފަރުހަތު އެ މަގާމަށް އައްޔަނުކޮށްފައި ވަނީ މި އަހަރުގެ މާޗް މަހުގެ 5 ވަނަ ދުވަހުއެވެ. އޭގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރ، ސީއީއޯގެ މަގާމު ފުރުއްވާފައިވަނީ ޔުކްރޭނަށް ނިސްބަތްވާ ޑޮކްޓަރ ވިޓާލީ ލިއުބިމޮވް އެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ މާރިޗު މަހުގެ 3 ވަނަ ދުވަހުއެވެ. މި ސަރުކާރުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރ، ސީއީއޯގެ މަގާމު ފުރަތަމަ ފުރުއްވީ އަހްމަދު ސަމާހު ރަޝީދު އެވެ. އެއީ 2024 ވަނަ އަހަރުގެ މޭމަހުގެ 21 ވަނަ ދުވަހުއެވެ.
މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތްކުރިއެރުވުމަށް 1993 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް އާތިފް ޝަކޫރު އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ