ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒުވާނަކު ހޯދަނީ

ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވި މައްސަލައެއްގެ ތަހުގީގަށް ހާޒިވާންޖެހޭ މީހަކު ނުފެނިގެން އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.ފުލުސް އޮފީހުން މިއަދު ބުނި ގޮތުގައި، އެ ތަނުގެ 'ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަން' ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުން ދަނީ:އައިޝަތު މަލީހާ، 22، ލުނބޯގަސްދޮށުގޭ/ހދ. މަކުނުދޫއޭނާ ހޯދަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ނުކުރެވޭތީފުލުހުން ބުނި ގޮތުގައި މަލީހާ ހާޒިރު ކުރަނީ ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވި މައްސަލައިގައި ސުވާލު ކުރުމަށެވެ. އެކަމަކު ފޭކް ސްލިޕް ފޮނުވައިގެން އޭނާ ކުރީ ކޮން ކަހަލަ ވިޔަފާރިއެއް ކަމެއް ފުލުުހުން ނުބުނެ އެވެ.ވިޔަފާރި ކުރާ އެކި ތަންތަނަށް ފޭކް ސްލިޕް ފޮނުވަމުންދާ މައްސަލަތައް ގިނަ އެވެ. މަކަރާއި ހީލަތުގެ އެކި މައްސަލަތައް އޮންނަ މީހަކު ދާދި ފަހުން ވަނީ ފޭކް ސްލިޕްތަކެއް "ފުޑީސް ޑެލިވަރީ" އަށް ފޮނުވައިގެން 9،000ރ. ގެ ކާއެއްޗެހި އޯޑަރުކުރި މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ