އީރާނުގެ އިންޒާރެއް އެމެރިކާއާއި އިސްރާއިލަށް: ”ހަމަލާތަކަށް ޖަވާބުދާރީވެ، ހަރުކަށި އަދަބުދޭނަން“

އިސްރާއީލާއި އެމެރިކާގެ ކިބައިން ބަދަލުހިފާނެ ކަމަށް ބުނެ ވަރުގަދަ އިންޒާރުތަކެއް އިރާނުން ދީފިއެވެ.
މިއަދު ފަތިހު އީރާނުގެ އަސްކަރީ އަދި ނިޔުކްލިއާ ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއިލުން ދިން ހަމަލާތަކުގައި ނިޔުކްލިއާ ގުދަންތައް ގޮވައި، އީރާނުގެ އިސް އޮފިޝަލުންތަކެއް ވަނީ އަވަހާރަވެފައެވެ. 
އެކަމާއި ގުޅިގެން އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ، އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ވަނީ ހަމަލާތަކުގެ ބަދަލުގައި އިސްރާއީލަށް "ހަރުކަށި އަދަބެއް" ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ބޮމުގެ ހަމަލާތަކުގެ ބަދަލުގައި އިސްރާއީލާއި އެމެރިކާއަށް "ބޮޑު އަގެއް ދައްކަން ޖެހޭނެ" ކަމަށްވެސް އިރާނުން ބުނެފައިވެއެވެ.
އޭއެފްޕީން ރިޕޯޓުކުރި ގޮތުގައި، އިސްރާއީލުގެ ހަމަލާއަށް ޖަވާބުދާރީވުމަކީ އިރާނުގެ "ޤާނޫނީ ހައްޤެއް" ކަމަށް ބުނެ، އޭގެ ނަތީޖާއަށް އެމެރިކާ "ޒިންމާވާން ޖެހޭނެ" ކަމަށް އިރާނުން ބުނެފައިވެއެވެ.
އީރާނުގެ އިންޒާރާ ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުނެފައިވަނީ އިސްރާއީލުން އިރާނާ ދެކޮޅަށް އެޅި ފިޔަވަޅު ތަކުގައި އެމެރިކާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އިސްރާއީލުން މި ހަމަލާތައް ދިނީ އަމިއްލަ ދިފާޢުގައި ކަމަށާއި، އެ ހަމަލާތައް ދިނުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް އިސްރާއީލުން ދެކޭ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، އެމެރިކާގެ މީހުންނަށް އަމާޒުކޮށް ހަމަލާ ނުދިނުމަށް އިރާނަށް އެމެރިކާއިން އިންޒާރު ދީފައިވެއެވެ.
"އަަހަރުމެން އިރާނާ ދެކޮޅަށް ދެވޭ ހަމަލާތަކުގައި ބައިވެރިއެއް ނުވަން. އަހަރުމެންގެ އެންމެ އިސް އަމާޒަކީ މި ސަރަހައްދުގައި ތިބި އެމެރިކާގެ ބާރުތައް ރައްކާތެރިކުރުން،" އެމެރިކާގެ ބަޔާނުގައި ބުނެފައިވެއެވެ.
މިއަދު ފަތިހު އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށް ދޭން ފެށި ބޮމުގެ ހަމަލާތަކުގައި އީރާނުގެ އީރާނުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙައްމަދު ބަޣޭރީ އާއި އީރާނުގެ އިންޤިލާބީލަޝްކަރުގެ ކޮމާންޑަރު ހުސައިންސަލާމީ އާއި، ޚަތީމް އަލް އަންބިއާ މިލިޓަރީ ހެޑްއުއާޓަރގެ ކޮމާންޑަރު ގުލާމް އަލީ ރާޝިދު އަދި ނިއުކްލިއަރ ސައިންޓިސްޓް މުހައްމަދު މަހްދީ ތެހެރާނީ އާއި ފެރީދޮން އައްބާސީ ވަނީ އަވަހާރަވެފައެވެ.
އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާ ދީފައިމިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އަވަސް ސްޕީޑެއްގައި ކުރިއަށްދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ