އިރާނުން ރައްދުގައި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
އީރާނާ ދެކޮޅަށް ޔަހޫދީން ދިން ޙަމަލާތަކުގެ ބަދަލުގައި އެ ޤައުމުން ޔަހޫދީ ދައުލަތަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އިންގިލާބީ ފައުޖުން ބުނެފި އެވެ. މިއީ އިރާނުން ޔަހޫދީންނަށް މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ހަމަލާ އެވެ.އިޒްރޭލުން ރޭ ފަތިހު ދިން މިސައިލް ހަމަލާތަކުގައި އީރާންގެ ސިފައިންގެ އިސްވެރިންތަކެއް ވަނީ އަވަހާރަވެ، އާންމުންގެ ތެރެއިން ވެސް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އީރާންގެ ނިއުކްލިއާ ބައެއް މަރުކަޒުތަކަށް ވެސް އިޒްރޭލުން ހަމަލާދިނެވެ.އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ރޭ ދޭން ފެށި މިސަައިލް ހަމަލާތަކުގައި އިޒްރޭލްގެ ތެލްއަވީވަށް އެކިވަރުގެ ގެއްލުންތައް ލިބި އަދި ބައެއް މީހުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެގޮތުން މިހާތަނަށް އިޒްރޭލްގެ 40 ވަރަކަށް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ."އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3" ގެ ނަމުގައި އީރާނުން ރޭ ދޭން ފެށި އެ ހަމަލާތަކުގައި އިޒްރޭލްގެ ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.އިރާނުން އިއްޔެ ހެނދުނު ވެސް އިޒްރޭލަށް ހަމަލާތަކެއް ދިނެވެ. ނަމަވެސް މިއަދު އިއްޔެ ފޮނުވާލި 100 ޑްރޯންގެ ތެރެއިން ގިނަ ޑްރޯންތައް އިޒްރޭލުގެ އަޔަން ޑޯމްއިން ވަނީ ވައްޓާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ