އދ. މާމިގިލި ދާއިރާގެ މެންބަރު، ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަނުން ހަރަދުކޮށްގެން އެ ރަށުގައި އަޅާ ޕޮލިސް ސްޓޭޝަނުގެ ބިންގާ މިއަދު އަޅައިފި އެވެ.
ވީ ކިހިނެއް؟ - ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި ހަފްލާއެއްގައި މިއަދު ބިންގާ އެޅި ޕޮލިސް ސްޓޭޝަންގެ މަސައްކަތަށް ހަރަދު ކުރާނީ ވިލާ ފައުންޑޭޝަނުންނެވެ.
ތަފްސީލް - މީގެކުރިން ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައި އޮތް އެ ޕްރޮޖެކްޓު ގާސިމްގެ ހަރަދުގައި ކުރިއަށްް ގެންދަވަން އޭނާ ޕޮލިސް ކޮމިޝަނަރު ޝުޖާއު އަށް ހުށަހެޅުއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ.
ރީޖަނަލް ފެންވަރުގައި އަޅާ ޕޮލިސް ސްޓޭޝަން އިމާރާތް ކުރަނީ 50،000 އަކަފޫޓުގެ ސަރަހައްދެއްގައި ހަތަރު ފަންގިފިލާ އަށެވެ.
އިމާރާތުގެ މަސައްކަތް ނިމޭއިރު އިދާރީ މަސައްކަތް ކުރާނެ ބަޔެއްގެ އިތުރުން ކުށްވެރިން ބަންދުކުރާނެ ސެލް އޭރިއާއަކާއި ސާވިސް އޭރިއާއެއް ވެސް ހުންނާނެ އެވެ.
އެ އިމާރާތް އަޅަން ވިލާ ފައުންޑޭޝަނުން ހަރަދު ކުރާނީ ކިހާ ފައިސާއެއް ކަމެއް ސާފެއް ނުވެ އެވެ. އަދި މަސައްކަތް ނިންމާ ފުލުހުންނާ ހަވާލުކުރާނެ ތާރީހެއް ވެސް ސާފެއް ނުވެ އެވެ.
ވިލާ އިން ހަރަދުކޮށްގެން މާމިގިލީގައި އަޅާ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ