ހަނދުމަކޮށްދިނުމެއް!: ނަމާދަށް ހުންނައިރުވެސް ޑިސްޗާޖް އަންނަނަމަ ނަމާދުކުރާނެ ގޮތް-: ޑރ. އިޔާޟް

ނަމާދާއި ގުޅޭ ގޮތުން ކުރެވޭ މިފަދަ ސުވާލުތަކަކީ އަބަދުހެން ލިބޭ ސުވާލުތަކެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމާދާއި ބެހޭ ގޮތުން އުފެދޭ ސުވާލުތައް އަބަދުވެސް ކުރަމުން ގެންދަންވާނެއެވެ. މުހިންމީ ކުރާ ނަމާދު ޞައްޙަވާނެ ގޮތަށް ނަމާދުކުރުމެވެ. 
ކުނޑަކަމުދާއެއްޗެތި ފޭރާމުގައި ޖެހިފައި ހުއްޓާ ނަމާދު ކުރެވޭނެތަ؟ ކުރިމަތި ފަރާތުން ޑިސްޗާޖް އައިސްފައި ހުއްޓާ ނަމާދު ކުރެވޭނެތަ؟ މިގޮތަށްއަބަދުވެސް ޑިސްޗާޖް އަންނަ މީހުން (މިސާލަކަށް ނަމާދަށް ހުއްޓާވެސްޑިސްޗާޖް އައުމުން ދެން ހަދާނީ ކިހިނެތް؟ 
ނަމާދުކުރާ ފޭރާމުގައި ކުޑަކަމުދާ އެއްޗެތި ހުރުމުން ނަމާދު ޞައްޙަ އެއް ނުވާނެއެވެ. ކުރިމަތީ ފަރާތުން ޑިސްޗާޖް އައިސްފައި ހުއްޓާ ނަމާދު ކުރަންވެއްޖެނަމަ، ރަގަޅަށް ސާފުކޮށްލައިގެން ވުޟޫކޮށްގެން ނަމާދު ކުރާނީ އެވެ. ނަމާދަށް ހުއްޓާ ޑިސްޗާޖް އަތުވެއްޖެނަމަ ފަހުން ނަމާދު އިޢާދަ ކުރާނީ އެވެ. ދާއިމީ ގޮތެއްގައި ޑިސްޗާޖް އަންނަ ކަމަށް ވަނީ ނަމަ ކޮންމެ ނަމާދަކަށް ވުޟޫކޮށްގެން ނަމާދު ކުރިޔަށް ގެންދާނީ އެވެ.
واللهأعلم 
އިތުރު 2 ސުވާލު: 
އަޅުގަނޑުދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކީ ކަނޑު ދަތުރުކޮށްގެން ކުރާމަސައްކަތެވެ. ރަށްރަށަށް ފޭބެނީ ވެސް ވަރަށް މަދުންނެވެ. ދަތުރުކުރާއުޅަނދު ރަށަކަށް ދިޔަޔަސް އޮންނަނި ބޭރު ބަނދަރުގައެވެ. ދުވާލާއި ރޭގަނޑުގެ ގިނަ ވަގުތު ހޭދަވަނީ ދަތުރުކުރުމުގައެވެ. ވީމާ، ނަމާދުކުރުމުގައި ރަނގަޅީކޮން ގޮތެއްތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ދަތުރުވެރިންނަށް އެންމެ ރަގަޅީ ގަޞްރު ޖަމްޢު ކުރުމެވެ.واللهأعلم 
އަޅުގަނޑަކީފުރާވަރު އުމުރުގައި ވަރަށް އާދަޔާ ޚިލާފު ބަނޑަށް ތަދުވާ މީހަކީމެވެ. އޭރު އެއީ ކިހިނެތް ވާކަމެއް ކަމަށް އަޅުގަނޑަށް ނޭގެއެވެ. ފާހަގަކުރެވޭކަމަކީ ދެތިން ދުވަހު އާދަޔާ ޚިލާފަށް (ތެދުވާންވެސް އުދަގޫވާވަރަށް) ތަދުވުމަށް ފަހު ނިދާފަ އޮންނަ އިރު މަނި ބޭރުވެގެން ދާކަމެކެވެ
އެދު ދާން މައްޗަށް މިގޮތަށް ވުމުން އަޅުގަނޑު އޭރު ކަންބޮޑުވެއެވެ. އެހެންނަމަވެސް މީހަކު ކައިރީގައި ނުބުނަވެ. ސްކޫލުގައި އިސްލާމް ކިޔަވައިދޭއިރުމުދައްރިސުގެ ފަރާތުން މީވާކަމެއްކަމަށް އެގުނެވެ. އޭގެ ފަހުން ރައްޓެހިމީހެއްގެ ފަރާތުން އަމިއްލައަށް މަނި ބޭރު ކޮށްލާނެ ގޮތެއް އެގުނެވެ. ވުމާއެކު އެދު ދާންމަތްޗަށް މަނި ބޭރުވުމަކީ އަޅުގަނޑު ހިތަހަމަ ޖެހޭ (އެދުގައިއޭގެ ވަސް ދުވާތީ) ކަމަކަށް ނުވާތީ އަޅުގަނޑު އެގޮތަށް ބަޑަށް ތަދުވާ ކަންއެގޭ ކޮންމެ ފަހަރު މިގޮތަށް ބޭރު ކޮށްލަމެވެ. އެއީ އަވަހަށް އެތަދުންސަލާމަށް ވުމަށް ޓަކެއެވެ. އަދި އަޅުގަނޑު ޒަވާޖީ ޙަޔާތެއް ނުވެސްފަށަމެވެ. އެހެން ކަމުން ދީނީ ގޮތުން މިކަމުގެ ޙުކުމަކީ ކޮބައިތޯއެވެ?
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ސުވާލުގައި އައިސްފައިވާފަދަ މަޖްބޫރީ ޙާލަތެއް މެދުވެރިވެއްޖެނަމަ، އަމިއްލަ އަށް މަނި ބޭރުކޮށްލުމަކީ ހުއްދަ ކަމެކެވެ. އެހެންނަމަވެސް، އަވަހަށް ކައިވެނި ކުރައްވާ މިފަދަ ކަންތަކުން ސަލާމަތްވެލައްވާށެވެ. ހަމަކަށަވަރުން އެގޮތުގައި ތިބާގެ ފަރްޖަށް ރައްކާތެރިކަން ބޮޑެވެ. އަދި ލޯތިރި ކުރުމަށް ބާރަކަށްވެއެވެ. واللهأعلم
 
 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
 
 
 
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ