ބީއެމްއެލްގެ އެކައުންޓުތަކުން 2 ފަހަރަށް ފައިސާ ކެނޑުނު މައްސަލަތަކެއް؛ ހައްލުކޮށްފި

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުންގެ އެކައުންޓުން ބޮޑު އަދަދުތަކުން ފައިސާ ކެނޑި، އެކައުންޓު މައިނަސްވި މައްސަލަތަކެއް ދިމާވެއްޖެ އެވެ. އެއާ އެކު، ބީއެމްއެލް އިން ވަނީ އެ މައްސަލަ ހައްލުކޮށްފަ އެވެ.
ވީ ކިހިނެއް؟ - ބައެއް މުއާމަލާތްތަައް ކުރުމުން ދެ ފަހަރަށް ފައިސާ ކެނޑި، ބައެއް ކަސްޓަމަރުންގެ އެކައުންޓު އެތައް ހާސް ރުފިޔާއަކުން މައިނަސްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ޝަކުވާތައް އިތުރުވި އެވެ.
ތަފްސީލް - އެފަދަ ޝަކުވާއަކަށް ޖަވާބު ދެމުން ބޭންކުން ބުނެފައިވަނީ އެހެން ދިމާވީ ބައެއް މުއާމަލާތްތައް ދެ ފަހަރަށް ޕްރޮސެސް ވެފައިވާތީ ކަމަށެވެ.
ދެވަނަ ފަހަރަށް އުނިވި ފައިސާ އަލުން ކަސްޓަމަރުންގެ އެކައުންޓުތަކަށް ރިވާސްވާނެކަން ނުވަތަ އަލުން ޖަމާވާނެކަން ބޭންކުން ފާހަގަކޮށްފައިވެ އެވެ.
އެނގިފައިވާ ގޮތުގައި، ދެ ފަަހަރަށް ފައިސާ އުނިވި މައްސަލަ މިހާރު ވަނީ ހައްލުކޮށްފަ އެވެ.
ނަމަވެސް، އެކަމާ ގުޅޭ ގޮތުން ބޭންކުގެ ރަސްމީ ބަހެއް ނުލިބެ އެވެ.
ފާހަގަ ކުރެވޭ - ކަސްޓަމަރުންގެ އެކައުންޓު ބެލެންސް ބޮޑުތަނުން މައިނަސްވި މަައްސަލައެއް ކުރިމަތިވި އިރު، ބޭންކުގެ މެއިންޓެނެންސް މަސައްކަތަކާ ގުޅގެން މިދިޔަ ހަފްތާ ބަންދުގައި ބައެއް ހިދުމަތްތަކަށް ބުރޫ އެރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ