ވިޔަފާރި އެކައުންޓްތައް ރޯދަ މަހު އޮންލައިންކޮށް ހުޅުވޭގޮތް ހަދައި، ބީއެމްއެލްގެ ހިދުމަތްތައް ރޯދަ މަހު ޑިޖިޓަލްކޮށް

ރޯދަ މަހު ބޭންކަށް ނުގޮސް ބީއެމްއެލްގެ ހިދުމަތްތައް ހޯދޭނެ
ވިޔަފާރި އެކައުންޓުތައް އޮންލައިންކޮށް ހުޅުވުމުގެ ހިދުމަތް ވެސް ލިބޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ހިދުމަތްތައް ރޯދަ މަހުން ފެށިގެން ބޭންކަށް ނުގޮސް، އޮންލައިންކޮށް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލްގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ބޭންކުން ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް، ބޭންކުން ދޭ ހުރިހާ
ބޭންކިން ހިދުމަތެއް ލިބޭނެ ގޮތް ހަމަޖައްސަން ނިންމައިފަ އެވެ.
ތަފްސީލް - ބީއެމްއެލް އިން މިއަދު ބުނީ އެ ހިދުމަތްތަކާ އެކު މިހާރެކޭ އެއްގޮތަށް ކޮންމެ
ދުވަހަކު 24 ގަޑިއިރު ބީއެމްއެލްގެ ޑިޖިޓަލް ޗެނަލްތަކުން ދޭ ހިދުމަތްތައް ލިބޭނެ ކަމަށެވެ.
އޭގެ ތެރޭގައި:
 ފައިސާ ޖަމާކުރުމާއި ނެގުން
 ފައިސާ ޓްރާންސްފާ ކުރުން
ލޯނާއި ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން
މުދާގަތުމަށާއި ހިދުމަތްތަކަށް ފައިސާ ދެއްކުން
 ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން
 ލުއި ލޯނާއި ފައިނޭންސް ދޫކުރުން
ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑަށް އެދި ހުށަހެޅުން
 އޮންލައިންކޮށް ކާޑު އެކްޓިވްކޮށް ޕިން ބަދަލުކުރުމާއި ކާޑު ފްރީޒްކުރުން އަދި ކާޑު ބްލޮކް ކުރުން
ޒަކާތް ދެއްކުން
ބޭންކުން ބުނީ އަންނަ މަހުގެ 1 އިން ފެށިގެން  ކަސްޓަމަރުންނަށް ލުއި ފަސޭހަކުރުމަށް އިތުރު ހިދުމަތްތައް ތައާރަފު ކުރަން ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ:
އާންމު ފަރުދުން އަލަށް ހުޅުވާ
އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން. މިހާރު ވެސް އެކައުންޓެއް
ހުޅުވާފައިވާ ކަސްޓަމަރުންނަށް އިތުރު އެކައުންޓް ވެސް އޮންލައިންކޮށް ހުޅުވޭނެ
 ވިޔަފާރި އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން
 ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނު ހިމެނޭހެން ހުރިހާ ލޯނަކާއި ފައިނޭންސަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖެއްސުން
ރާއްޖެއިން ބޭރުން އަންނަ ފައިސާގެ ތެރެއިން 10،000 ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށް ފަހު އެކައުންޓަށް ޖަމާކޮށްދިނުން
ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފާ) ތެރެއިން 5،000 ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުން
ވިޔަފާރިތަކުން ނަގުދު ފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި، ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު ދެ ލައްކަ ރުފިޔާއަށް އިތުރު ކުރުން
މީގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ވެސް އިތުރު ބަދަލުތައް ގެންނަން ނިންމާފައިވެ އެވެ.
ކާޑު ނަގަން ކަސްޓަމަރުން ބޭންކަށް ދާން ނުޖެހޭ ގޮތަށް ކަސްޓަމަރުގެ ގެއަށް
ކާޑު ފޮނުވައިދިނުން. މިގޮތަށް ފޮނުވާ ކާޑުތައް އެކްޓިވޭޓްކޮށް
އަދި ޕިން ބަދަލުކުރެވޭނީ އިންޓަނެޓް ބޭންކިން ނުވަތަ ބޭންކުގެ އެޕް މެދުވެރިކޮށް
ބޭންކުގެ ކާޑުތަކުން، ބޭންކުގެ ޕީއޯއެސް ނުވަތަ އޮންލައިންކޮށް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާ ނަމަ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުން
މަދު ފަހަރަކު ދިމާވާ ގޮތަކުން އޭޓީއެމް އިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުއާމަލާތް ފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ އެއް ގަޑިއިރުތެރޭގައި އެކައުންޓަށް އަނބުރާ ޖަމާކޮށްދިނުން
ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ހިދުމަތްތައް، ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުން
ކަސްޓަމަރުން ބޭންކާ މުއާމަލާތް
ކުރުމަށް 24 ގަޑިއިރުގެ ހިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ލައިވް
އެޖެންޓްގެ އިތުރުން ވަޓްސްއެޕް އަދި ވައިބާ އިން މެސެޖް ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
އެއްވެސް
ސަބަބަކާ ހުރެ ކަސްޓަމަރަކު ބޭންކަށް ޒިޔާރަތްކުރަން ޖެހޭ ނަމަ، ރޯދަ މަހާއި
ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ބޭންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ:
ހެނދުނު 9:30 އިން މެންދުރު
12:30 އަށް
27 އަދި 29 މާޗު ފިޔަވައި ރޯދަ މަހުގެ ފަހު 10 ދުވަހު ޑިޖިޓަލްކޮށް
ބޭންކުގެ ހުރިހާ ހިދުމަތެއް ދިންނަމަވެސް ބޭންކުގެ ބްރާންޗްތައް
ބަންދުވާނެ
ބީއެމްއެލް އިން ވަނީ ގޭގައި ނުވަތަ އޮފީހުގައި
ތިބެގެން ފަށޭހަކަމާއި ރައްކާތެރިކަމާ އެކު ބޭންކުގެ ހިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ