ގިނަ އަދަދެއްގެ ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާއެކު މި އަހަރުގެ އެސްއެސްސީ އާއި އޯލެވެލް އިމްތިހާން މިއަދު ފަށައިފި އެވެ.މިއަދު ވަނީ ރާއްޖޭގައި އޯ ލެވަލްއަށް ކިޔަވައިދޭ 260 ސްކޫލުގައި އޯ ލެވަލް އިމްތިހާނު ފަށައިފަ އެވެ.އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު މިއަދު ފެށީ 8364 ދަރިވަރުންނާއެކު އެވެ. ޖުމުލަ 260 މަރުކަޒެއްގައި އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.މިއަދުން ފެށިގެން އަންނަ ޖޫން 10، ގެ ނިިޔަލަށް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުތައް ކުރިއަށް ދާނެ އެވެ. އިމްތިހާބުގެ އެންމެހައި ކަންކަން ރާވައި އިންތިޒާމު ކުރަނީ ޑިޕާޓްމެންޓު އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އިންނެވެ.މިހާރު ގްރޭޑް ނުވައެއްގައި ގައި ކިޔަވަމުންދާ ކުދިންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ/މާޗުގައެވެ. އަދި މިހާރު ގްރޭޑް އަށެއްގައި ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައެވެ.އަދި އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯލެވެލް އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު/ނޮވެމްބަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ