އިސްލާމިކް ޔުނިވަރސިޓީން ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި
ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން މިއަދު ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އަރުވައިފިއެވެ.މާފަންނު ތައިބާ، ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް މި ޝަރަފު އެރުވީ އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތަތަކީ އިސްލާމިކް ޔުނިވަރސިޓީގެ ތާރީޚުގައި ވަރަށް މުހިންމު ހަފްލާއެއްކަމަށް ވެފައިވަނީ މިއީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމަށްވާތީއެވެ.ދ. މީދޫއަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ޢިލްމީ ދަތުރު ފެށިގެން އައީ ފ. މަގޫދޫއިންނެވެ. އޭގެ ފަހުން މާލޭގެ މަޖީދިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އަދި ސަރުކާރުގެ ވުޒާރަތުއް ތިޖާރާ ވައްތަންމީނުގައި ޚިދުމަތް ކުރެއްވުމާއެކު، މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލްގައި މުދައްރިސެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވަޒީރުންނާއި، ތަޢުލީމީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދުގެ ޢާއިލާގެ މެންބަރުންވެސް މި ޚާއްޞަ މުނާސަބަތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ