އެސްޓީއޯއިން އަގުހެޔޮކޮށް ތާޒާ ލޮނެމެދު ބާޒާރަށް ނެރެފި

ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯއިން ތާޒާ ލޮނުމެދު، އަގުހެޔޮކޮށް ބާޒާރަށް ނެރެ، ފިޔާ، އަލުވި އަދި ބިހުގެ އަގަށް ބަދަލުތަކެއް ގެނެސްފި އެވެ.
ވީ ކިހިނެއް؟ - ބާޒާރުގައި އަގު އަރަމުންދިޔަ ލޮނުމެދުގެ ޝިޕްމަންޓެއް އެތެރެކޮށް، އެސްޓީއޯއިން ވަނީ އަގުހެޔޮކޮށް ވިއްކަން ފަށާފަ އެވެ.
އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލޮނުމެދު ކިލޯއެއް ވިއްކަނީ 45ރ.އަށެވެ. މިފަހުން ބާޒާރުގައި ލޮނުމެދު ކިލޯއެއްގެ އަގު 90ރ.އަށް އަރައިގެންދިޔަ އެވެ.
ތަފްސީލު - ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯއިން އެތެރެކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެ އެވެ. އެ ތަކެތި އެތެރެކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު އެތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ.
އެތަކެތީގެ އަގު ކަނޑައަޅަނީ ބާޒާރުގެ އަގަށް ރިއާޔަތްކޮށްގެންނެވެ. އަދި މިއަދު ގެނައި ބަދަލަކީ> އެސްޓީއޯއިން ބުނި ގޮތުގައިި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެ ކުންފުނިން ތަކެތީގެ އަގުތަކަށް ބަދަލު ގެންނަ ހަތަރު ވަނަ ފަހަރެވެ. އެގޮތުން މިފަހަރު ގެނައި ބަދަލާ އެކު:
ފިޔާ ބަސްތާއެއް - 335ރ.އަށް، ވަކިން ކިލޯއެއް 14ރ.އަށް
ބިސް ކޭހެއް 350ރ.އަށް، ވަކިން 2ރ.އަށް
އަލުވި ބަސްތާއެއް 515ރ.އަށް، ކިލޯއެއް 25ރ.އަށް
ޕީޕަލްސް ޗޮއިސްގެ އިތުރުން ފިހާރަތަކަށް އެސްޓީއޯ ހުޅުމާލެ ހޮޓެލް ސަރަހައްދާއި ހޯލްސޭލް ސައިޓުން ވެސް އެތަކެތި ގަންނަން ލިބޭނެ އެވެ.
ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެސްޓީއޯއިން ވަނީ ހަތަރު ބަޔަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފަ އެވެ. އެއީ:
އަސާސީ ކާބޯތަކެތި:  ފިޔާ، ބިސް އަލުވި، ކާށި، ކަދުރު  
ތާޒާ ތަރުކާރީ އާއި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް
ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކްޑް ބީންސް، ގެރިކިރު ދަޅު
ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ