ޕީޕީއެމްގެ ލީޑަޝިޕަށް ބޭނުންވަނީ ވަރުގަދަ ބާޒެއް ނުވަތަ ސިންގާއެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރޭ އުމަރު ވިދާޅުވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލެއްވުމުން އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ ފަރާތުން ފެނިގެންދަނީ ވަރަށް ދެރަވަރުގެ މަންޒަރުތަކެއް ކަމަށާއި އެގޮތުން ޔާމީން ދޫކޮށްލުމުގެ ވާހަކަތައް އެ ބޭފުޅުން ދައްކަވަނީ ފިނި ކޮޓަރިއެއްގެ ތެރޭގައި ތިއްބަވައިގެން ކަމަށެވެ.
މިއީ އިދިކޮޅު ޕާޓީއެއް ހަރަކާތްތެރިވާންޖެހޭ ގޮތެއް ނޫން ކަމަށާއި އެގޮތުން ޕީޕީއެމް އަށް މިހާރު ބޭނުންވަނީ ވަރުގަދަ ލީޑަރެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އެ ބޭފުޅުންނަށް ބޭނުންވޭ ވަރުގަދަ ބާޒެއް، އެ ބޭފުޅުންނަށް ބޭނުންވޭ ސިންގާއެއް. އެފަދަ ބާޒެއް ނުވަތަ ސިންގާއެއް އައިސް އެ ބޭފުޅުން ގޮވައިގެން ލީޑުކޮށްގެން މަގުމައްޗަށް ވެސް ނުކުންނަން ޖެހޭ ނުކުންނަން ޖެހިއްޖިއްޔާ" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މީގެ ކުރިން 2009 ވަނަ އަހަރު އޮތް އިދިކޮޅު ޕާޓީ ޑީއާރުޕީން ކުރި މަސައްކަތުން ތިން އަހަރު ތެރޭގައި ސަރުކާރު ކޮށިއަރާ ހިސާބަށް ގެންދިޔަ ކަމަށާއި އެކަމުގެ ނަތީޖާއަކަށްވީ ސަރުކާރުގެ ވެރިއަކަށް ހުންނެވި ބޭފުޅާ އިސްތިއުފާ ދެއްވުން ކަމަށެވެ. އެވަރުގެ އެކްޓިވިޒަމްއާ އެވަރުގެ ހިތްވަރެއް މިހާރު ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންގެ ފަރާތަކުން ނުފެންނަ ކަމަށް އުމަރު ވިދާޅުވިއެވެ.
އެ ޕްރޮގްރާމުގައި އުމަރު ވަނީ ޕީޕީއެމްގެ ލީޑާޝިޕްގެ ދޮރު ހުޅުވައިފިއްޔާ އެ ދޮރުން ވަންނަން މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕްގެ ދޮރު ބަންދުކޮށްފައި އޮތްހާ ހިންދަކު އެ މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމް އަށް ބޭނުން ވަނީ "ސިންގާއެއް": އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ