މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެކަމަށާއި، ދެކުނާ މެދު ރާއްޖެ ތެރެއަށް އުދައިގެ އަސަރު ކޮށްފާނެކަމަށް ލަފާ ކުރެވޭ ކަމަށް، ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ބުނެފިއެވެ.
އެ އޮފީހުން ވަނީ ރާއްޖޭގެ ގިނަ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މެންދުރު ދެއަކުން ފެށިގެން ރޭގަނޑު އަށަކާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.
އެގޮތުން ވިލާގަނޑުގައި ގަޑިއަކު 45މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
މެޓުން ބުނީ، މި ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުގަދަވާނެ ކަމަށެވެ.
ސަމާލު: ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ