އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް ހުރަހެއް ނޭޅޭނެ: ސުޕްރީމް ކޯޓް

ދައުލަތުގެ ބަޖެޓް ހުށައެޅުމާއި ވަޒީރުންނަށް ރުހުން ދިނުން ފަދަ މައްސަލަ ތައް ހުއްޓިގެން ނުވާނެ ކަމަށާ އެކަންކަމަށް ހުރަސް އެޅޭ ގޮތަށް ގާނޫނު މާނަ ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއާ އިންތިހާބީ ނާއިބު ރައީސް ހުވާ ކުރެއްވުމަށް ހުރަސް އެޅޭނެ ގޮތަށް އެއްވެސް ގަވާއިދެއް މާނަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން މި ނިންމުން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ނުވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމްގައެވެ.މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށައެޅުމުގެ ކުރީން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައާ މެދު ގޮތް ނުނިންމާ އާންމު ޖަލްސާތަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ ފައެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތް މައްލަ ނުނިންމާ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި މި ސަރުކާރުން ހުށައަޅާފައިވާ ސަޕްލިމަންޓަރީ ބަޖެޓް ފާސް ކުރަން ވެސް ފުުރުސަަތު ނުދޭނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން ނަޝީދުގެ މައްސަލަ ނުނިންމާ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއާ އިންތިހާބީ ނާއިބު ރައީސް ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާ އަށް އެއްބާރުލުން ނުދޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މިހާރު އޮތް ހާލަތުގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއާ އިންތިހާބީ ނާއިބު ރައީސް ކުރައްވާ ހުވަ އަކީ ގާނޫނީ ސައްހަ ހުވައެއް ކަމާމެދު ވެސް ސުވާލު އުފެދޭނެ ކަމަށާ އާ ސަރުކާރުގެ ކެބިނެޓަށް ވެސް "ނޯ" ޖަހާނެ ކަމަށް އެމްޑީޕީގެ މެންބަރުން ވަނީ ބުނެފައެވެ.ކޯޓަށް ހުށައެޅި މައްސަލާގައި ވެސް އެމްޑީޕީން ވަނީ ޖިލީހުގެ ރައީސް، މަގާމުން ދުރުކުރުމަށް މިހާރު ހުށައަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމުގެ ކުރީން މަޖިލީހުގެ އިތުރު ޖަލްސާ އެއް ނުބޭއްވޭނެ ކަމަށް އަމުރުކޮށް ދެއްވުމަށް އެދިފައެވެ.ނަަމަވެސް އެ އަމުރު ނެރެނުދީ ކޯޓުން ބުނެފައިވަނީ އިންތިހާބީ ރައީސާއި ނާއިބު ރައީސް ހުވާ ކުރުމުގެ ޖަލްސާ އަށް ހުރަސް އެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު މާނަ ނުކުރެވޭނެ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓް ހުށައެޅުމާއި ވަޒީރުންނަށް ރުހުން ދިނުން ފަދަ މައްސަލަ ތައް ހުއްޓިގެން ނުވާނެ ކަމަށާ އެކަންކަމަށް ހުރަސް އެޅޭ ގޮތަށް ގާނޫނު މާނަ ނުކުރެވޭނެ ކަމަށެވެ.ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ބުނެފައި ވަނީ އެކަންކަމަކީ ގާނޫނުއަސާސީގެ ވަކި މާއްދާތަކަކުން މަޖިލީހަށް ކުރުން ލާޒިމް ކޮށްފައިވާ ކަންކަން ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައާ އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާއާ ގުޅުމެއް ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެ ރައުޔަށް އަނެއް ހަތަރު ފަނޑިޔާރުން ވެސް ވަނީ ތާއީދު ކޮށްފައެވެ.ކޯޓްގެ މި ނިންމުމާއެކު ނަޝީދުގެ އިތުބާރު ނެތް މައްސަލަ އަންނަ އާދިއްތަ ދުވަހު ކުރިއަށް ގެންދަން ނިންމާ އެޖެންޑާ ގައި ވަނީ ހިމަނާފައެވެ. އާދިއްތަ ދުވަހުގެ ޖަލްސާ އޮންނާނީ އެ ދުވަހު ހެނދުނު 9:00 ގައެވެ. އެ ދުވަހުގެ ޖަލްސާ ގައި ރިޔާސަތުގައި އިންނެވުމަށް ނާއިބު ރައީސްް އީވާ އަބްދުﷲ އިއުތިރާޒު ކުރެއްވި ނަމަވެސް / އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ވިދާޅުވި ނަމަވެސް ޖަލްސާ ކުރިއަށް ގެންދާނެ އެވެ. އެ ގޮތުން މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ނެތް ހާލަތެއް ގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަސް ބޭފުޅުންގެ ތެރެއިން ބޭފުޅަކު ރިޔާސަތު ބަލަހައްޓާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ