އުރީދޫ ލިވް އަންލިމިޓެޑްގެ ދަށުން އުމްރާ ދަތުރު ލިބުނު 10 ވަނަ ނަސީބުވެރިޔާ ހޮވައިފި

އުރީދޫގެ ލިވް އަންލިމިޓަޑް ކެމްޕޭނުގެ 10 ވަނަ ނަސީބުވެރިއަކަށް މުއުތަސިމް ފަހުމީ ހޮވި، އޭނާއަށް އުރީދޫގެ 10 ވަނަ އުމްރާ ދަތުރުގެ ފުރުސަތު ލިބިއްޖެއެވެ. އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 10 ވަނަ ނަސީބުވެރި ފަރާތަކީ ސ. މީދޫ، މުއުތަސިމް ފަހުމީއެވެ. އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިންގެ ތެރެއިން ކޮންމެ 20 ދުވަހަކުން ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުންޏެވެ. މި ޚާއްސަ ޕްރޮމޯޝަންގެ ދަށުން: • ނަސީބުވެރި ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭނެ• ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމުލަ 19 އުމްރާ ދަތުރެއް ދޭނެ• މި ކެމްޕޭންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ ދެ މީހަކަށް ހައްޖު ދަތުރެއް މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް: * އުރީދޫ ކަސްޓަމަރެއް ނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލު ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑްއޮން އެއް ބޭނުންކުރުން * އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލު ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑްއޮން އެއް ބޭނުންކުރުން އުރީދޫގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުން ވެސް މި ލަކީޑްރޯއަށް ޝަރުތުހަމަވާ ކަމަށް އުރީދޫން ބުންޏެވެ. އުރީދޫން ވަނީ 20 އަހަރުގެ ކުޑަ މުއްދަތުގައި މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލުކޮށްފައެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށް ވެސް އުރީދޫން ބުންޏެވެ. https://s1.sun.mv/213298 ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު އުރީދޫގެ ސޯޝަލް މީޑިއާ ހޭންޑްލްތަކުން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ