ލ.ގަމު ފެނަކަ އިންޖީނުގޭގައި މިއަދު މެންދުރުފަހު ހިނގި އަލިފާނުގެ ހާދިސާގައި މުޅި ރަށުން ކަރަންޓް ކެނޑިއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ގަމު ކައުންސިލް އޮފިޝަލަކު ވިދާޅުވީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅިރަށުން ކަރަންޓް ކެނޑިފައިވާކަމަށެވެ. އަލިފާނުގެ ހާދިސާގައި ގަމަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނަށް ގެއްލުންތަކެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަލިފާނުގެ ހާދިސާގައި އިންޖީނަށް ލިބުނު ގެއްލުންތަކެއް އަދި މުޅިއެކުން ސާފެއް ނުވެއެވެ. އަދި ހަމައެހެންމެ ރަށަށް އަލުން ކަރަންޓް ދެވޭނެ އިރެއް ނޭނގެއެވެ.
ލ.ގަމު އިންޖީނުގޭގައި ރޯވުން
ގަމު ފެނަކަ އިންޖީނުގޭގައި ރޯވެފައިވަނީ 14:45 ހާއިރުކަމަށް ކައުންސިލުން ބުނެފއިވާއިރު، ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ވަނީ ހަރަކާތްތެރިވެފައެވެ.
ލ.ގަމު އިންޖީނުގޭގައި ރޯވުން
އަލިފާންގަނޑު ނިއްވާލެވުނުއިރު، އިންޖީނުގެއަށް ވަނީ ވަރަށްބޮޑެތި ގެއްލުންތައް ލިބިފައެވެ.
އިތުރު ތަފްސީލް އަންނަނީ..
މުޅި ގަމުން ކަރަންޓް ކެނޑިއްޖެ. ކަރަންޓް ލިބޭނެ އިރެއް ނޭނގޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ