ސިއްހީ ހާލަތަށް ހަޖޫޖެހީ އިންސާނިއްޔަތުކަމެއް ނެތުމުން: ހީނާ

ސިޔާސީ މީހުންނަށްޓަކައި ކުރީގެ ސަރުކާރުތަކުން ޖަލުގައި ހަދާފައިވާ ގޮޅިތައް މިހާރު ހުރީ ހުސްކޮށް ކަމަށާއި މި ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.އެ މަނިކުފާނު އެހެން ވިދާޅުވީ، މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގަ އެވެ.ރައީސް ވިދާޅުވީ، ސިޔާސީ މީހުންނަށްޓަކައި ކުރީގެ އެކި ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތަކަށް ލާނެ މީހަކު މިހާރު ނެތުމުން، ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ކަމަކީ އެ ގޮޅިތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުން."ދެން އަޅުގަނޑަކަށް އެ ތަނަކަށް ލާނެ މީހަކު ނެތް ފޮނުވޭކަށް. އެއީ އަޅުގަނޑު ސިޔާސީ ގޮތުން ބަދަލު ނުހިފާތީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.ގައުމަށް ބޭނުންވަނީ ހަމަހަމަކަމާއި އިންސާވެރިކަމާއި އަދުލުވެރިކަން ކަން ފާހަދަކުރައްވާ ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމުގައި އެއްވެސް މީހަކު މިދިޔަ ދެ އަހަރު ތެރޭ ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރާ ތަނެއް ނުފެންނާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ކޮންމެ ވާހަކައެއް ދެއްކިއަސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.ޖަލުގައި ސިޔާސީ މީހުންނަށް ހާއްސަ ކޮށްފައިވާ ގޮޅިތަކަށް ލާނެ މީހުން ނެތް ނަމަވެސް ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ އެވެ.އެހެންވެ، ގާނޫނުގެ ވެރިކަން ހިންގުމުގައި ތަފާތު ކުރުމަކީ އެ މަނިކުފާނަށް އޮތް "ޗޮއިސް" އެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ