އަލިފާންގެ ރަސްމީ ޕޯސްޓަރު މިއޮތީ

ޑާކްރެއިން އެންޓަޓެއިންމެންޓުން މި އަހަރު އަޅުވަން ތައްޔާރުވާ އާ ފިލްމު ކަމަށްވާ "އަލިފާން"ގެ ރަސްމީ ޕޯސްޓަރު އާންމުކޮށްފިއެވެ. މީގެ ކުރީން ''ޕްރޮޖެކްޓު 37'' ކިޔާފައިވާ މި ފިލްމުގެ ރަސްމީ ނަން އިއުލާނު ކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގައެވެ. ފިލްމުގެ ޝޫޓިން މިއަ ހަރުގެ ކުރީކޮޅު ނިންމާލުމަށް ފަހު ޕްރޮމޯޝަންގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަންނަ މަހުގެ ހަ ވަނަ ދުވަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ރަސްމީ ޕޯސްޓަރުން ފެނިގެންދަނީ ފިލްމުގެ މުޅި ކާސްޓެވެ. ކެރަސަލް ސްޓައިލް ޕޯސްޓަރުން ފިލްމުގައި އެކްޓަރުން ކުޅޭނެ ކެރެކްޓަރުތަކަށް ވެސް ކޮންމެ ވެސް ވަރަކަށް އަލިއަޅުވާލާފައިވެއެވެ. http://instagram.com/p/DODHnGjkRmQ/?utm_source=ig_embed މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޝީލާ ނަޖީބާއި މޫސާ އަލީފާއި، އަހުމަދު ޝާކިރު ފަދަ ތަރީންނެވެ. ފިލްމުގެ ޑައިރެކްޓަރު ރަވީ ވެސް ފިލްމުގެ މުހިއްމު ރޯލުން ފެންނާނެއެވެ. އަދި ފިލްމުގައި އެކްޝަން މަންޒަރުތައް ގިނައިރު ސަސްޕެންސްވެސް ގިނަ ވާނެ ކަން މީގެކުރީން ނެރުނު ޓްރެއިލަރުން ހާމަވެފައިވެއެވެ. މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު ޑައިރެކްޓުކުރި މި ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ. އަލިފާން ފިލްމުގެ ގިިނަ މަސައްކަތްތަކެއްގައި ހަރަކާތްތެރިވެފައިވަނީ ޑާކްރެއިނުން މިދިޔަ އަހަރު ނެރުނު ހިޓް ފިލްމު "ފުރޭތަ"ގެ މަސައްކަތް ވެސް ކޮށްފައިވާ ފަންނާނުންނެވެ. ޑާކްރެއިނުން މިދިޔަ އަހަރު ނެރުނު ފިލްމު "ފުރޭތަ"އަކީ ވެސް އެކްޝަން ތުރިލާ ފިލްމެކެވެ. މި ފިލްމަކީ އެކްޓަރުންގެ ފަރާތުން މީގެ ކުރީން ނުފެންނަ ފަދަ ރޯލުތަކެއް ފެނިގެންދާނެ ފިލްމަކަށް ވާނެ ކަމަށް ޕްރޮމޯޝަންތަކުން އިޝާރާތް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ