މާލެ އާއި ހުޅުމާލެ އާއި ދެމެދު އޮންނަ ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުލެއަށްދާ ލޭނުގަ އެވެ.
މި އެކްސިޑެންޓު ހިނގީ މިއަދު މެންދުރު 12:40 ހާއިރު ކަމަށާއި އެކްސިޑެންޓު ހިނގަން މެދުވެރިވީ ޕިކަޕުގެ ފޮރުޅު ފަޅައިގެން ގޮސް ހައިވޭގެ ދެ ލޭނު ވަކިކުރަން ޖަހާފައި ހުންނަ ކޮންކްރީޓު ޑިވައިޑާގައި ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުރޮޅާލުމުގެ ކުރިން ޕިކަޕު ވަނީ ކާރެއްގައި ޖެހިފަ އެވެ.
ޕިކަޕް ފުރޮޅާލި ނަމަވެސް މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި ޕިކަޕުން ޖެހުނު ކާރަށް ގެއްލުމެއް ނުވި ނަމަވެސް، ފޮޓޯތަކުން ފެންނަ ގޮތުގައި ޕިކަޕަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
އެކްސިޑެންޓުވުމުގެ ކުރިން ޕިކަޕް ދުއްވާފައި ވަނީ ސްޕީޑް ލިމިޓަށްވުރެ ބާރަށް ކަމަށް ވުމުން، އެކަމާއި ގުޅިގެން ފިޔަވަޅު އަޅާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސިނަމާލެ ބުރިޖާއި ހައިވޭގައި ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ވީ ނަމަވެސް، އެކްސިޑެންޓުތަކުގައި އުޅަނދެއް ފުރޮޅާލުން އެއީ މަދުން ނޫނީ ނުވާ ކަމެކެވެ.
ހައިވޭގައި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައިފި ހައިވޭގައި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ