ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވުމަށް މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ އެއާޕޯޓް
ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އާ ގުޅިގެން ސިނަމާލެ ބްރިޖުން ބަޔެއް ބަންދު ކުރަން ނިންމައިފި އެވެ.ވީ ކިހިނެއް؟ - އެމްއޭސީއެލް އިން ބުނީ އެފެކްސް އޮޕަރޭޝަނަށް ސިނަމާލެ ބްރިޖުގެ
އެއާޕޯޓަށްވާ ލޭންހަވީރު 4 އިން ރޭގަނޑު 9 އަށް ބަންދު ވާނެ ކަމަށެވެ.
މި ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން
ހަރަކާތްތެރިވާނެ
ތަފްސީލް - އެފެކްސްގެ ކުރިއަށް ގެންދިޔަ ނަމަވެސް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދު ނުކެނޑި ކުރިއަށް ދާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން
އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)
އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް
ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ
ހަރަކާތެކެވެ.
ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ
އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ.
އެއާޕޯޓު އެމަޖެންސީ އެކްސަސައިޒަށް ބްރިޖުން ބަޔެއް މާދަމާ ބަންދުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ