ރާއްޖޭން ކިޔެވި 20 ޑޮކްޓަރުން ހިދުމަތަށް

ރާއްޖެއިން ޑޮކްޓަރީކަން ކިޔެވި ފުރަތަމަ ބެޗް އިންޓާންޝިޕް ފުރިހަމަކޮށް ހިދުމަތަށް ނިކުންނަން ތައްޔާރުވެއްޖެ އެވެ. ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި ކިޔެވި ދަރިވަރުންގެ ފުރަތަމަ ބެޗު ދަސްވެނިވީ އޮކްޓޫބަރު 31، 2024 ގައެވެ. އެކަމަކު، އެ ދަރިވަރުންނަށް ޚިދުމަތަށް ނުކުމެވެނީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕެއް ފުރިހަމަކުރުމަށް ފަހުގައެވެ.އައިޖީއެމްއެޗުން އިއްޔެ ވަނީ އެ ދަރިވަރުންގެ އިންޓާންޝިޕް ފުރިހަމަކޮށްފައިވާކަން އިއުލާނުކޮށްފަ އެވެ.އެ ހޮސްޕިޓަލުން ވަނީ އަލަށް ހިދުމަތަށް ނުކުންނަން ތައްޔާރުވި 20 ޑޮކްޓަރުންނަށް މަރުހަބާ ކިޔާފަ އެވެ. އެ ހޮސްޕިޓަލުން ބުނީ، ބަލިމީހުންނަށް ފަރުވާ ދިނުމުގައި ނަމޫނާ ދައްކަން އެ ޑޮކްޓަރުން ތައްޔާރަށް ތިބި ކަމަށެވެ.އެމްއެންޔޫ އާއި މެލޭޝިޔާގެ ޔުނިވާސިޓީއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން އެ ޔުނިވާސިޓީ އިން އެމްއެންޔޫއަށް ޓެކްނިކަލް ގައިޑެންސް ދޭނެ އެވެ. އަދި ކޯހުގައި ކިޔަވައިދޭ ލެކްޗަރާއިން ތަމުރީނު ކުރުމަށް ވެސް އެހީތެރިވެދޭނެ އެވެ.އެ ކޯހުގެ ދަރިވަރުންނަށް ބޭނުންވާ ކްލިނިކަލް ޓްރެއިނިންތައް ކުރިއަށްގެންދަނީ އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ