އެމްޑީޕީ ސަރުކާރުގައި ތަރައްގީ ކުރަން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ ބޭނުންކުރަން ފަށައިފި އެވެ.
ހަނިމާދޫ އެއާޕޯޓު ހިންގާ ސަރުކާރުގެ ކުންފުނި، އެމްއޭސީއެލް އިން ބުނީ ހަނިމާދޫގައި އަލަށް ތަރައްގީކުރި ޓާމިނަލުގެ ގްރައުންޑް ފްލޯ އޮޕަރޭޝަނަށް ގެނައީ އިއްޔެ ކަމަށެވެ. އައު ޓާމިނަލާއި ރަންވޭ އާއެކު ކޯޑު ސީ، ނުވަތަ އެންމެ ބޮޑެތި މަތިންދާ ބޯޓު ހަނިމާދޫ އަށް ޖެއްސޭނެ އެވެ.
ރަސްމީކޮށް ހުޅުވުމުގެ ކުރިން އައު ޓާމިނަލަށް ހިދުމަތްތައް ބަދަލުކުރީ، އަލަށް ހެދި ރަންވޭ އާއި ކައިރީގައި ނުވަތަ ރެސްޓްރިކްޓެޑް ޒޯނުގައި ހުރި އެއާޕޯޓުގެ ކުރީގެ އިމާރާތްތައް ތަޅާލަން ޖެހޭތީ ކަމަށް އެމްއޭސީއެލް ބުންޏެވެ.
ބޮޑު ރަސްމިއްޔާތެއް ބާއްވާ ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވަން ސަރުކާރުން ނިންމާފައިވަނީ ނޮވެމްބަރު 9، ގަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެއާޕޯޓުގައި އޮތީ 2.46 ކިލޯ މީޓަރުގެ ރަންވޭ އެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ބޭނުން ކުރަން ފަށައިފި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ބޭނުން ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ