ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.
ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، އުމުރުން 42 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ އޭނާ ވައްޓާލި އެއްޗެއް ނަގައި ބެލިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިންކޮޅެއް އޭގެ ތެރެއިން ފެނިގެންނެވެ.
އޭނާގެ ޔޫރިން، ޓީއެޗްސީ އަށް ޕޮޒިޓިވް ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ވަނީ ކޯޓުގައި ފާހަގަކޮށްފަ އެވެ.
ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށާއި އެއީ އެންޑީއޭގެ ވަޒީފާގައި އުޅޭ މީހެއް ކަމަށާއި އަދި ކުޑަކުދިންތަކެއްގެ ބައްޕައެއް ކަމަށް ވެސް ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ބުނެފައި ވެ އެވެ.
ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ އިތުރު ފަސް ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޑްރަގް ބޭނުންކުރި އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ