އޮސްޓްރޭލިއާގެ މަޖިލިސް މެންބަރަކު މޫނު ބުރުގާގައި ޖަލްސާއަށް ވަދެ ފުރައްސާރަކޮށްފި

އޮސްޓްރޭލިއާގެ ވަން ނޭޝަން ޕާޓީގެ ލީޑަރު ޕޯލީން ހެންސަން މުސްލިމުންނަށް ފުރައްސާރަކުރުމަށްޓަކައި މޫނު ބުރުގާގައި މަޖިލިސްކުރާ މާލަމަށް ވަނުމުން، ހަމަނުޖެހުން އުފެދި، ޖަލްސާ ހުއްޓާލައިފިއެވެ. އޭނާ ވަނީ އާއްމު ތަންތަނުގައި ބުރުގާ އެޅުން މަނާކުރާ ބިލެއް މަޖިލީހަށް ހުށަހަޅަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ބިލު ހުށަހެޅުން ހުއްޓުވުމާ ގުޅިގެން އޭނާ ވަނީ މޫނު ބުރުގާގައި މުސްލިމުންނަށް ފުރައްސާރަކުރުމުގެ އަމަލުތައް މަޖިލީހުގައި ހިންގައިފައެވެ. މޫނު ބުރުގާގައި ހެންސަން، މަޖިލީހަށް ވަނުމާއެކު އެކަމާ ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައިވެއެވެ. ގިނަ މެންބަރުން ވަނީ އޭނާގެ މައްޗަށް ނަސްލީ ތަފާތުކުރާ މީހެއް ކަމަށް ތުހުމަތުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ އޮސްޓްރޭލިއާގައި ބުރުގާ އެޅުން މަނާކުރުމަށް ހެންސަން މަސައްކަތްކުރާ ދެވަނަ ފަހަރެވެ. ރިޕޯޓުތައް ބުނާ ގޮތުން މީގެ ކުރިން ވެސް އޭނާ ވަނީ މުސްލިމުންނަށް ފުރައްސާރަކުރުމުގެ ގޮތުން ބުރުގާ އަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ