މިރޭ ނިޔާވި ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އިބްރާހިމް އިފްރަހް އަރީފް (ކޮއްކޮ) ގެ ޖަނާޒާ މާދަމާ ހުކުރު ނަމާދަށް ފަހު ބޭއްވުމަށް ނިންމައިފި އެވެ.
ގައުމީ ޓީމުން 2008 ވަނަ އަހަރު ސާފު ޗެމްޕިއަންޝިޕް ހޯދި ޓީމުގައި ހިމެނުނު ޒުވާން ގޯލްކީޕަރު ނިޔާވީ މިރޭ އޭޑީކޭގަ އެވެ. ނިޔާވީ ސްޓްރޯކެއް ޖެހި ފަރުވާ ހޯދަމުން ދަނިކޮށެވެ. ސްޓްރޯކްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅި ހާލު ދެރަވެ އައިސީޔޫގައި އޮތީ ކޯމާއެއްގަ އެވެ.
ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އިބްރާހިމް އިފްރަހް އަރީފް (ކޮއްކޮ)
ކޮއްކޮގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ މާދަމާ ހުކުުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. މޫނު ދެއްކުމާއި މައްޔިތާއަށް ޒިޔާރަތް ކުރުން އޮތީ ހެނދުނު 10:30 ގެ ނިޔަލަށް އާސަހަރާގަ އެވެ.
އިފްރާގެ އެންމެ ކާމިޔާބު ދުވަސްތަކުގައި އޭނާ ވަނީ ގިނަ ކުލަބުތަކަށް މޮޅު ކުޅުމެއް ކުޅެދީފަ އެވެ. އެ ގޮތުން ނިއުރޭޑިއަންޓާއި ވިކްޓްރީއާ ވެލެންސިއާގެ ގޯލް ބަލަހައްޓާދީ އެ ޓީމުތަކާއެކު ކާމިޔާބީތަކެއް ހޯދާދީފަ އެވެ.
ކޮއްކޮގެ ޖަނާޒާ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ