ހއ.އަތޮޅުގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފެށި ތިންވަނަ ރަށަކަށް ކެލާ

ހއ.އަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، އެ އަތޮޅު ކެލާގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.
މިއާއެކު، ކެލާ ވެގެންދިޔައީ ހއ.އަތޮޅުގައި މި ޚިދުމަތް ލިބޭ ތިންވަނަ ރަށަށެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކެލާގައި ޑިސެންބަރުމަހުގެ 13 ވަނަ ދުވަހު މި ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މިއާއިއެކު، ހއ.އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް ޕާސްޕޯޓު ހަވާލުކުރާ 'ކަލެކްޝަން ޕޮއިންޓް' ގޮތުގައި މިހާރު ތިން ރަށެއް ޚިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެއީ މީގެ ކުރިން ޚިދުމަތް ދެމުންދިޔަ ދިއްދޫ އާއި އިހަވަންދޫގެ އިތުރުން މިހާރު ކެލާ ވެސް ހިމެނޭ ގޮތަށެވެ. މި ތިން ރަށުގެ ތެރެއިން ބޭނުން ރަށެއް ޚިޔާރުކޮށްގެން ޕާސްޕޯޓު ނެގޭނެއެވެ.
މި ޚިދުމަތް ކެލާގައި ގާއިމުވުމާއެކު، އެރަށާއި އެ ރަށުގެ ކައިރީގައިވާ ރަށްރަށުގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް ޕާސްޕޯޓު ހެދުމުގެ ކަންކަން ފަސޭހަވެގެންދާނެއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްތަކަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރަމުންނެވެ. މިގޮތުން އެންމެ ފަހުން މި ޚިދުމަތް ފެށީ މިދިޔަ ހަފުތާގައި ށ.މިލަންދޫ ގައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ